logoEN
cocacola
އިންޑިއާގައި ހިނގި ބަސް އެކްސިޑެންޓެއްގައި 6 ކުޑަކުދިން މަރުވެއްޖެ

އިންޑިއާގައި ހިނގި ބަސް އެކްސިޑެންޓެއްގައި 6 ކުޑަކުދިން މަރުވެއްޖެ

އައިޝަތު އިފާޝާ

logo

4/11/2024, 6:45:40 AM

# އިންޑިއާ

އެކްސިޑެންޓްވި ބަސް

އިންޑިއާގެ ހަރްޔާނާގެ މަހިންދްރަގަރް ޑިސްޓްރިކްޓްގައި މިއަދު ހިނގި ބަސް އެކްސިޑެންޓެއްގައި 6 ކުޑަކުދިން މަރުވެއްޖެއެވެ.

ގޮސިޔާ

މި ބަހަކީ ޕްރައިވެޓް ސްކޫލެއް ކަމަށްވާ ޖީއެލް ޕަބްލިކް ސްކޫލްގެ ބަހެކެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ބަސް ކޮންޓްރޯލްނުވެ ފުރޮޅާލައިގެންނެވެ. މި އެކްސިޑެންޓް ހިނގި އިރު އެ ބަހުގައި ގާތްގަނޑަކަށް 40 ވަރަކަށް ކުދިން ތިބި ކަމަށްވެސް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފަިއވެއެވެ.

މަހިންދްރަގަރް ޑިސްޓްރިކްޓްގެ އުނހާނީ ވިލެޖް ކައިރީގައި ހިނގި މި އެކްސިޑެންޓްގައި އިތުރު ކުދިންތަަކަށް އަނިޔާވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެެވެ.

މި އެކްސިޑެންޓް ހިނގި ސަރަހައްދަށް ގިނަ ބަޔަކު ޖަމާވެފައިވާއިރު, މަންޒަރު ދުށް މީހަކާ ހަވާލާދީ އިންޑިއާގެ މީޑިއާއަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެކްސިޑެންޓް ހިނގި ވަގުތު ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް ބެލެވޭ ކަމަށެވެ.

އެ ޑިސްޓްރިކްޓްގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި, މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ