logoEN
cocacola
ކަނޑުފޭރޭ މީހުން ހަމަލާދިން މަސްދޯންޏެއް އިންޑިއާ ނޭވީން ސަލާމަތްކޮށްފި

ކަނޑުފޭރޭ މީހުން ހަމަލާދިން މަސްދޯންޏެއް އިންޑިއާ ނޭވީން ސަލާމަތްކޮށްފި

އަހުމަދު ޝުރާއު

logo

3/30/2024, 3:49:17 PM

# އިންޑިއާ

އިންޑިއާ ނޭވީއިން ކުރިޔަށް ގެންދިޔަ އޮޕަރޭޝަން

ކަނޑުފޭރޭ މީހުން ހަމަލާދިން އީރާނުގެ މަސްދޯންޏެއް އިންޑިއާ ނޭވީން ސަލާމަތްކޮށްފި އެވެ.

ގޮސިޔާ

އިންޑިއާގެ ނޭވީއިން ބުނީ އަރަބި ކަނޑުގައި ކަނޑުފޭރޭ މީހުންގެ ހަމަލާއަކަށް އިންޑިއާ ކަނޑުގެ އަސްކަރިއްޔާއިން ރައްދު ދީ، ކަނޑުފޭރުމާ ދެކޮޅަށް 12 ގަޑިއިރަށް ވުރެ ގިނަ އިރު ވަންދެން ހިންގި އޮޕަރޭޝަނެއްގައި އީރާނުގެ މަސްދޯންޏަކާއި އެދޯނީގައި ތިބި ޕާކިސްތާނުގެ 23 ފަޅުވެރިން ސަލާމަތްކޮށްފައިވާ ކަމަށެވެ.

އިންޑިއާ ނޭވީ އިން ބުނީ މި މަހުގެ 28 ވަނަ ދުވަހުގެ ރޭ އީރާނުގެ މަސްދޯންޏެއް ކަމަށްވާ "އަލް-ކަމްބަރު 786" ގައި ކަނޑުފޭރުމުގެ ހާދިސާއެއް ހިނގި ކަމުގެ މައުލޫމާތަކާ ގުޅިގެން، އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާގެ ދެ އުޅަނދެއް މެރިޓައިމް ސެކިއުރިޓީ އޮޕަރޭޝަންތަކަށް އަރަބި ކަނޑުގައި ހަރަކާތްތެރިވަމުން ދަނިކޮށް ހާދިސާ ހިނގި ސަރަހައްދަށް ޑައިވާޓުކުރި ކަމަށެވެ.

View post on Twitter

އަދި އެސްއޯޕީތަކާ އެއްގޮތަށް 12 ގަޑިއިރަށް ވުރެ ގިނަ އިރަށް ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގައި ހައިޖެކްކުރި އެފްވީގައި ތިބި ކަނޑުފޭރޭ މީހުން އަމިއްލައަށް އަމާންދީފައިވާ ކަމަށާއި އެބޯޓުގައި ފަޅުވެރިންގެ ގޮތުގައި ތިބި ޕާކިސްތާނުގެ 23 މީހަކު މިހާރު ސަލާމާތްކޮށްފައިވާ ކަމަށްވެސް އިންޑިއާގެ ނޭވީއިން ވަނީ ބުނެފައި އެވެ.

އިންޑިއާ ކަނޑުގައި އޮންނަ ޔަމަނުގެ ރަށެއް ކަމަށްވާ ސޮކޮޓްރާގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 90 ނޯޓިކަލް މޭލު ބޭރުގައި އޮތް މި ބޯޓު ގައި ހަތިޔާރު އެޅި ކަނޑުފޭރޭ ނުވަ މީހަކު އެ ބޯޓަށް އެރި ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މިހާރު އެ 9 މީހުންވެސް އިންޑިއާ ނޭވީގެ ބެލުމުގެ ދަށަށް ގެނެސް ގާނޫނީ ފިޔަވަޅު އެޅުމަށް އިންޑިއާއަށް ގެންދިޔުމަށް ދަތުރުފަށާފައިވާ ކަމަށްވެސް ނޭވީއިން ވަނީ ބުނެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ