logoEN
cocacola
އިންޑިއާގެ ސިޔާސީ ލީޑަރަކު ޒަހަމްތަކަކާއި އެކު މަރުވެފައި އޮތްވާ ފެނިއްޖެ

އިންޑިއާގެ ސިޔާސީ ލީޑަރަކު ޒަހަމްތަކަކާއި އެކު މަރުވެފައި އޮތްވާ ފެނިއްޖެ

އަހުމަދު ޝުރާއު

logo

5/4/2024, 2:21:32 PM

# އިންޑިއާ

މަރުވެފައި އޮތްވާ ފެނުނު ޖަޔަކުމާރް

އިންޑިއާގެ ޓެމިލް ނާޑޫ ކޮންގްރެސްގެ ލީޑަރެއް ކަމަށްވާ ކޭޕީކޭ ޖެޔަކުމާރް މަރާލާފައިވާ އޮތްވާ ފެނިއްޖެ އެވެ.

ގޮސިޔާ

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން ދިޔަތާ ދެ ދުވަސް ވެފައިވާ ޖެޔަކުމާރުގެ ހަށިގަނޑު ބޮޑެތި ޒަހަމްތަކާއި އެކު މިއަދު ފެނިފައިވަނީ ، އޭނާގެ ހިއްސާ އޮންނަ ދަނޑުބިންތަކުގެ ތެރެއިންނެވެ.

އެގޮތުން އޭނާގެ ހަށިގަނޑު ފެނުނު އިރު ހަށިގަނޑުގައި އަންދާލާފައިވާ ނިޝާންތަކެއް ހުރި ކަމަށްވެސް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

ޖެޔަކުމާރުގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ޓަމިލްނާޑޫ ފުލުހުން މިހާރު ވަނީ ހާއްސަ ތިން ޓީމެއް އެކުލަވާލައިފަ އެވެ.

ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ޖެޔަކުމާރް ގެއްލުނު ކަމަށާއި ޖެހިގެން އައި ދުވަހު އޭނާގެ ދަރިފުޅު މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭނާގެ ވަސައްޔަތެއް ކަމަށްބެލެވޭ ޑޮކިއުމެންޓެއް ވެސް ފެނިފައިވާ ކަމަށާއި އެއީ އޭނާ ލިޔުއްވި އެއްޗެއްތޯ ބަލަމުންދާ ކަމަށެވެ. ޖެޔަކުމާރް މަރާލީ ނުވަތަ މަރުވީ އަމިއްލައަށް ކަމެއް އަދި ސާފެއް ނުވާއިރު އޭނާގެ ހަށިގަނޑުން ފެނުނު ޒަހަމްތަކުގެ ސަބަބުން ބުރަ ވެވެނީ އޭނާ އޮތީ މަރާލާފައި ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެއެވެ.

ކޭޕީކޭ ޖެޔަކުމާރުއަކީ ކޮންގްރެސްގެ ތިރުނެލްވެލި އީސްޓް ޑިސްޓްރިކްޓް ޔުނިޓްގެ ރައީސެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ