
ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް ނުތަނަވަސްކަން ހައްލުކުރަން ކޮންގްރެސް ޕާޓީގެ މެނިފެސްޓޯގައި ހިމަނައިފި
# އިންޑިއާކޮންގްރެސް ޕާޓީގެ މެނިފެސްޓޯ ލޯންްޗްކުރުން
އިންޑިއާއާއި ރާއްޖެ އާއި ދެމެދު އޮތް ނުތަނަވަސްކަން ހައްލުކޮށް އިތުރަށް ގުޅުން ބަދަހިކުރާނެކަން އިންޑިއާގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ އެގައުމުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ , ކޮންގްރެސް ޕާޓީގެ މެނިފެސްޓޯގައި ހިމަނައިފި އެވެ.

ނިއު ދިއްލީގައި ހުންނަ އެޕާޓީގެ މައި މަރުކަޒުގައި އޮތް ރަސްމިއްޔާތެއްގައި އިފްތިތާހްކުރި ކޮންގްރެސް މެނިފެސްޓޯއަށް ނަންދީފައިވަނީ " ނަޔޭ ޕަޓްރާ" ގެ ނަމުންނެވެ.
މި މެނިފެސްޓޯގައި ވަނީ އިންޑިއާއާއި އަވަށްޓެރި ގައުމުތަކާއި އެކު މިހާރު ހީނަރުވެފައިވާ ގުޅުންތައް ހައްލުކޮށް އިތުރަށް ގުޅުން ބަދަހިކުރުމަށް ހިމަނާފައި އެވެ. އެގޮތުން މެނިފެސްޓޯގައިވާ ގޮތުން ރާއްޖޭގެ އިތުރުން، ބަންގުލަދޭޝް އަދި ސްރީ ލަންކާއެކު އިގުތިސޯދީ ގުޅުން ރަނގަޅުކުރުމަށް ކޮންގްރެސް ޕާޓީގެ ވެރިކަމެއްގައި މަސައްކަތްކުރާނެއެވެ. އަދި މިޔަންމާގެ ރައްޔިތުންގެ އިންސާނީ ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ކުރުމަށާއި، ނޭޕާލާއި ބޫޓާނަށް އިސްކަން ދޭނެ ކަމަށް މެނިފެސްޓޯގައި ހިމަނާފައިވެއެވެ.
އެގޮތުން ވަކިން ޚާއްސަކޮށް " ރާއްޖެއާއި އެކު ހީނަރުވެފައިވާ ގުޅުން އިތުރަށް ބަދަހި ކުރާނަށް / We will repair relations with the Maldives " މިފަދައިން ކޮންގްރެސްގެ މެނިފެސްޓޯގައި ވަނީ ބުނެފައި އެވެ.
ކޮންގްރެސް ޕާޓީގެ މެނިފެސްޓޯގައި ރާއްޖެއާއި އެކު ގުޅުން ބަދަހިކުރާނެކަން ފާހަގަކޮށްފައިވާ ނުކުތާ
ކޮންގްރެސްގެ މެނިފެސްޓޯގައި ރާއްޖެއާ ގުޅުން ބަދަހި ކުރަން ހިމަނާފައި ވާ އިރު, ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭގެ އަމިއްލަވައްތަކާއި ގާބިލުކަން އިސްކޮށް އެމަނިކުފާނު ކުރައްވަމުން އަންނަ މަސައްކަތްތަކާއި އެކު ރައީސް މުއިއްޒު ވެފައިވަނީ އެގައުމުގެ މީޑިއާތަކުގައި " އެންޓި-އިންޑިއާ" ލީޑަރެއްގެ ގޮތުގައި އެވެ. އެގޮތުން ވަކިން ޚާއްސަކޮށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ރައީސް ފެއްޓެވި މަސައްކަތާއި އެކު މިހާރު އެގައުމުގެ ވެރިކަން ކުރާ މުސްލިމުންނާއި ވަރަށްބޮޑަށް ދެކޮޅު ބީޖޭޕީއިން ވަނީ ރާއްޖެ ބޮއެކޮޓްކުރުމަށްވެސް ގޮވާލާފައި އެވެ. ރާއްޖެ ބޮއިކޮޓްކުރުމަށް އިންޑިއާއިން ކެމްޕެއިން ފެށީ އިންޑިއާ ސިފައިންގެ މައްސަލައިގައި ރައީސް ނަންގަވަމުން ގެންދެވި ފިޔަވަޅުތަކަށް އިންޑިއާގެ ބީޖޭޕީގެ ބައެއް ފަރާތްތަކުން ރައްދުދިނުމާއި އެކު ރައީސް މުއިއްޒުގެ ވެރިކަމުގައި ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާ ބަޔަކު އިންޑިއާގެ ބޮޑުވަޒީރަށް ފާޅުކަން ބޮޑުކޮށް ފުރައްސާކުރުމާއި އެކުގައި އެވެ.
މިފަދައިން އިންޑިއާއި ރާއްޖެއާއި ދެމެދު ގުޅުންތައް ހީނަރުވެފައިވީ ނަމަށްވެސް އިންޑިއާގެ މިހާރުގެ ސަރުކާރުން ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސް ސިވިލިއަނުން [އާންމުންގެ މީހުން] ގެނައުމަށް އެއްބަސްވެ އެ މަސައްކަތް ފަށާފައެވެ. ރާއްޖޭގައި ދުއްވާ 2 ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވުމުގެ ނަމުގައި އިންޑިއާގެ 88 ސިފައިން ރާއްޖޭގައި ހަރަކާތްތެރި ވަމުން ދިޔުމުން, އެމީހުން ބޭލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުފުދުޅެކެވެ.
އަދި މިއަދު އިންޑިއާއިން ވަނީ ރާއްޖެއަށް ދެމުން އަންނަ އަސާސީ މުދަލުގެ ކޯޓާވެސް ބޮޑުކޮށްދީފައި އެވެ.
ގުޅުންހުރި

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގ އަވަހާރަވެއްޖެ

ވައި ތަޣައްޔަރުވާ މިންވަރު އިތުރުވެ، ދިއްލީގެ ސްކޫލްތައް ބަންދުކޮށް އިމާރާތްކުރުން މަނާކޮށްފި

އިންޑިއާގެ ހޮސްޕިޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ތުއްތު 10 ކުދިން މަރުވެއްޖެ
