logoEN
cocacola
ރަފީނިއާގެ ދެލަނޑާއެކު ފުރަތަަމަ ލެގުގައި ޕީއެސްޖީ އަތުން މޮޅުވެ ބާސެލޯނާ އިން ސެމީގެ ފުރުސަތު ބޮޑުކޮށްފި

ރަފީނިއާގެ ދެލަނޑާއެކު ފުރަތަަމަ ލެގުގައި ޕީއެސްޖީ އަތުން މޮޅުވެ ބާސެލޯނާ އިން ސެމީގެ ފުރުސަތު ބޮޑުކޮށްފި

ހަސަން ޝަމްއޫން

logo

4/11/2024, 5:19:52 AM

# ޕީއެސްޖީ# ބޭރު ދުނިޔޭގެ ކުޅިވަރު# ބާސެލޯނާ # ޔުއޭފާ ޗެންޕިްއަންސް ލީގް

ބާސެލޯނާ އާއި ޕީއެސްޖީ ވާދަކުރި މެޗުގެ ތެރެއިިން

ޔުއެފާ ޗެމްޕިއަންސްލީގު ކުއާޓާ ފައިނަލް ފުރަތަަމަ ލެގުގައި ބުދަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ބާސެލޯނާ އަތުން 3-2 ގެ ނަތީޖާއަކުން ޕީއެސްޖީ ބަލިވެއްޖެ އެވެ.

ގޮސިޔާ

2021 ވަނަ އަހަރުގެ މުބާރާތުގެ ދެވަނަ ބުރުގައި މިދެޓީމުު ވާދަކޮށްފައި ވާއިރު، 5-2 ގެ އެގްރިގޭޓް ނަތީޖާއަކުން އެފަހަރު ކުރި ހޯދީ ޕީއެސްޖީ އިންނެވެ. ނަމަވެސް ރޭގެ މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ވެސް ބާސެލޯނާ އިންނެވެ.

މިލަނޑު ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް ރަފީނިއާ އެވެ. މީގެ އިތުރުން މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ޕީއެސްޖީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އުސްމާން ޑެންބެލޭ އެވެ. އަދި އޭގެ ތިން މިނެޓު ފަހުން އެޓީމުގެ ޕޯޗުގަލް މިޑްފިލްޑަރު ވިޓީނިއާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ފުރަތަމަ ފަހަރަށް އެޓީމަށް ލީޑު ހޯދައިދީފައެވެ.

ބާސެލޯނާ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 62 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ރަފީނިއާ އެވެ. މިއީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ޒުވާން މިޑްފީލްޑަރު ޕެޑްރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިމެޗުން ބާސެލޯނާ މޮޅުވި ލަނޑު ދެވަނަ ހާފުގެ 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑެންމާކް ޑިފެންޑަރު އަންދްރޭސް ކްރިސްޓިއަންސަން އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި ޖަރުމަނު މިޑްފީލްޑަރު ގުންޑޮގާން ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ. އަދި މިދެޓީމުގެ މެދުގައި ކުޅެވޭ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގެ މެޗު ބާސެލޯނާގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަދުވަހުގެ ރޭ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ