
މާލެގެ މަޖީދީމަގު
ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާވާނެ އެވެ.

ފިތުރު އީދު ފާހަގަކުރުމަށް ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދަން މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން މިއަދު ހަވީރު 4:00 އިން 6:00 އަށް ވެހިކަލް ދުއްވުން މަނާވާނެކަމަށް ކައުންސިލުން ބުނެއެވެ.
ފިތުރު އީދު ދުވަހުގެ ހަވީރުގެ ވަގުތަކީ ހިނގާފައި އުޅޭ ވަގުތެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، މީގެކުރިންވެސް މިފަދަ މުނާސަބަތުތަކާއި ދިމާކޮށް ހިނގާފައި އުޅޭ ވަގުތުތައް މާލޭގައި ކަނޑައަޅާފައިވެއެވެ.
މިއަހަރުގެ ފިތުރު އީދު ކުލަގަދަކޮން ފާހަގަކުރުމަށް ސިޓީ ކައުންސިލުން ރާވާފައިވާ އެހެން ބައެއް ހަރަކާތްތަކުގެ ތެރޭގައި އީދު ނަމާދަށްފަހު އެކުވެނި ޓްރެކްގައި ބާއްވާ އީދު ސައި ހިމެނެއެވެ. އަދި މިހަރަކާތްތަކުގެ ތެރޭގައި ފެން ކުޅުމާއި ބޮޑުމަސް މާލި އީދު ޕެރޭޑްގެ އިތުރުން ސްޓޭޖް ޝޯވްއާއެކު ހަވާ އެރުވުމުގެ ހަރަކާތްތަކެއްވެސް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.
ގުޅުންހުރި

މާލޭގެ މުސްތަޤްބަލް ބަދަލުކޮށްލާނެ "ރީތިންކް މާލެ ސިޓީ" މަޝްރޫޢުގެ ތަރައްޤީގެ ޕްލޭން އައު ކައުންސިލަރުންނާ ހިއްސާކޮށްފި

މާލޭގެ ޓްރެފިކް މައްސަލަތައް ޙައްލުކުރުމަށް ސިޓީ ކައުންސިލުން ޓްރެފިކް ޕޮލިހުގެ އިސްވެރިންނާއި މަޝްވަރާކޮށްފި
.webp&w=3840&q=75)
މޭޔަރު އާޒިމް އެދިވަޑައިގަތީ ލޭ ހަދިޔާކުރެވެން އޮތް ކޮންމެ ފަރުދަކުވެސް ލޭ ހަދިޔާކުރުމަށް!




