logoEN
WAMCO TOP 1
މަސްޖިދުލް ސުލްޠާނުލް ޢާދިލްގެ ސައުންޑް ކޭބަލް ވަގަށް ނަގައިފި: ފަތިސް ނަމާދު ކުރީ މައިކާ ނުލައި!

މަސްޖިދުލް ސުލްޠާނުލް ޢާދިލްގެ ސައުންޑް ކޭބަލް ވަގަށް ނަގައިފި: ފަތިސް ނަމާދު ކުރީ މައިކާ ނުލައި!

އަހުމަދު ޝުރާއު

logo

6/11/2026, 11:37:29 AM

# މާލެ ސިޓީ ކައުންސިލް

-

މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މަސްޖިދުލް ސުލްޠާނުލް ޢާދިލް (ޢާދިލް މިސްކިތް) ގެ ސައުންޑް ސިސްޓަމަށް ބޭނުންކުރާ 50 ފޫޓުގެ ކަރަންޓް ކޭބަލެއް ރޭގެ ވަގުތެއްގައި ވަގަށް ނަގައިފިއެވެ.

THE TRAVELLER AD

މި ވައްކަމާ ގުޅިގެން ރޭގެ ފަތިސް ނަމާދު އެ މިސްކިތުގައި ކޮށްފައިވަނީ ސައުންޑް ސިސްޓަމް ނުލައި މައިކާ ނުލައެވެ. ނަމަވެސް، މާލެ ސިޓީ ކައުންސިލުން ވަނީ މެންދުރު ނަމާދަށް ބަންގި ގޮވުމުގެ ކުރިން މިސްކިތުގެ އަޑުގަދަކުރާ ނިޒާމު މަރާމާތުކޮށް، އައު ކޭބަލް އެޅުމުގެ މަސައްކަތް ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންގޮސްފައެވެ.

މި ވައްކަމުގެ މައްސަލަ މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރަސްމީކޮށް ރިޕޯޓްކޮށްފައެވެ.

މާލެ ސަރަހައްދުގައި ސިޓީ ކައުންސިލުން ބަލަހައްޓާ ޖުމްލަ 41 މިސްކިތެއް ހުންނައިރު، މިސްކިތްތަކުން ފަންކާއާއި، ފެން މޯޓަރާއި، ސައުންޑް ކޭބަލް ފަދަ ތަކެތި ވައްކަން ކުރުމަކީ ދޭތެރެ ދޭތެރެއިން ރާއްޖޭގައި ފާހަގަކުރެވޭ ވަރަށް ބޮޑު އިޖުތިމާއީ މައްސަލައެކެވެ.

މި ހާދިސާއާ ގުޅިގެން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މޭޔަރ ޢާޒިމް ވިދާޅުވީ، މުޤައްދަސް ބިނާއެއް ކަމަށްވާ މިސްކިތްތަކުން ވައްކަން ކުރުމަކީ "ވަރަށް ނާތަހުޒީބު ދަށުދަރަޖައިގެ ޢަމަލެއް" ކަމަށެވެ. އަދި މިފަދަ ދީނީ އަދި އިޖުތިމާއީ އަގުތަކާ ޚިލާފު ކަންކަން ހިންގާ ފަރާތްތައް ފުލުހުންގެ އެހީތެރިކަމާއެކު ހޯދައި، އެ ފަރާތްތަކަށް ގާނޫނީ ގޮތުން ދޭންޖެހޭ އެންމެ ހައްޤު އަދަބު ދޭންޖެހޭނެ ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން މިސްކިތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސީސީޓީވީ ކެމެރާ ހަރުކުރުން ފަދަ މަސައްކަތްތައް ކުރަމުންދާ މިދަނޑިވަޅުގައި، މިފަދަ ނާތަހުޒީބު ޢަމަލުތަކުގެ ސަބަބުން ނަމާދަށްދާ އާންމު ރައްޔިތުންނަށް ދޭ ޚިދުމަތްތަކަށް ބުރޫއަރައި، ކައުންސިލަށް މާލީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން ބޮޑެތި ގެއްލުންތަކެއް ވަމުންދާކަން ކައުންސިލުން ފާހަގަކުރެއެވެ.

ކޮމެންޓް
ފަހުގެ
HDC