
މިރޭ ކުރިޔަށް ގެންދިޔުމަށް މަސައްކަތްކުރާ ޕީޕަލްސް ނެޝަނަލް ފްރަންޓް, ޕީއެންއެފްގެ އިފްތިތާހީ ޖަލްސާ ރާޅުގަނޑު ސަރަހައްދަށް ބަދަލުކުރަން ނިންމައިފި އެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައި އުފައްދައި ޕީއެންއެފްގެ އިފްތިތާހީ ޖަލްސާ މިރޭ ބޭއްވުމަށް މަސައްކަތްކުރީ މާލޭގެ ގިޔާސުއްދީން ސްކޫލުގައި އެވެ. ނަމަވެސް އެސްކޫލުން އެތަން ކުއްޔަށް ދިން އެއްބަސްވުން ބާތިލުކޮށް އެތަނުގައި އެޖަލްސާ ނުބޭއްވޭނެ ކަން އެންގުމާއި އެކު ފުލުހުން ވަނީ ގިޔާސުއްދީން ސްކޫލުގެ ގޭޓް ބަންދުކޮށް ފޯރިމަރަން ފަށާފައި އެވެ.
މިއާއި އެކު އެ ޖަލްސާ މިހާރު ވަނީ ރާޅުގަނޑު ސަރަހައްދަށް ބަދަލުކޮށްފައި އެވެ. އަދި ރާޅުގަނޑު ސަރަހައްދުގެ ކުރީގެ ނިއުޕޯޓް ހުރި ބްރިޖް ވިއު ސަރަހައްދުގައި ބާއްވަން ހުއްދަ ލިބިފައިވާކަން އެޕާޓީއިން ވަނީ ހާމަކޮށްފައި އެވެ.
އިތުރު ތަފްސީލް އަންނަނީ ..