logoEN
cocacola
 ރޮނާލްޑޯއަށް ދެއްކި ރަތް ކާޑައެކު އަލް ހިލާލް އަތުން ބަލިވެ، އަލް ނަސްރު މުބާރަތުން ކަޓައިފި

ރޮނާލްޑޯއަށް ދެއްކި ރަތް ކާޑައެކު އަލް ހިލާލް އަތުން ބަލިވެ، އަލް ނަސްރު މުބާރަތުން ކަޓައިފި

ހަސަން ޝަމްއޫން

logo

4/9/2024, 4:08:55 AM

# އަލް ހިލާލް # ބޭރު ދުނިޔޭގެ ކުޅިވަރު# އަލް ނަސްރު # ސައުދީ ސުޕަކަޕް

އަލް ހިލާލް އާއި އަލް ނަސްރު ވާދަކުރި މެޗުގެ ތެރެއިިން

ސައުދީ ސުޕަކަޕްގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ހޯމަދުވަހުގެ ރޭ 2-1 ގެ ނަތީޖާއަކުން އަލް ހިލާލް އަތުން ބަލިވެ އަލް ނަސްރު މުބާރަތުން ކަޓައިފި އެވެ.

ގޮސިޔާ

މިދެޓީމު އެންމެ ފަހުން ކުޅުނު ދެމެޗުން ވެސް އަލް ހިލާލް މޮޅުވެފައި ވާއިރު، މިއީ އެޓީމު ޖެހިޖެހިގެން މޮޅުވި 36 ވަނަ މެޗެވެ. މީގެ އިތުރުން އަލް ހިލާލް އެންމެ ފަހުން ކުޅުނު 44 މެޗުން އެޓީމު ބަލިވެފައި ނުވާއިރު، އެޓީމު އެންމެ ފަހުން މެޗަކުން ބަލިވެފައި ވަނީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 12 ވަނަ ދުވަހު އަލް ނަސްރު އަތުންނެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ފުރަތަަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އަލް ނަސްރުގެ ޕޯޗުގަލް މިޑްފިލްޑަރު އޮޓާވިއޯ ލަނޑެއް ކާމިޔާބު ކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު ވަރުގަދަކޮށް ފެށީ އަލް ހިލާލް ނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 61 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ސަލީމް އަލް ދައުސަރީ އެވެ.

މިއީ އެޓީމުގެ ސާބިއާ މިޑްފިލްޑަރު ސާޖް މިލިންކޮވިޗް-ސަވިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި ބޯޅައާއެކު އަލް ނަސްރުގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ތިރިތިރިން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އޭގެ ފަސް މިނެޓު ފަހުން އެޓީމުގެ ބްރެޒިލް ފޯވާޑް މަލްކޮމް އަލް ނަސްރުގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، މެޗުގެ 72 ވަނަ މިނެޓުގައި އެޓީމުގެ ލީޑު ފުޅާކޮށްދިނީ ވެސް މަލްކޮމް އެވެ.

މިއީ އެޓީމުގެ ބްރެޒިލް ފޯވާޑް މައިކަލް އަރިމަތިން ހުރަސްކޮށްދިން ބޯޅައެއް މުޅިން ހުސްކޮށް ހުރެ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި 2-0 ގެ ނަތީޖާއަކުން އަލް ހިލާލް ކުރީގައި އޮވެގެން މެޗު ނިމެން ދަނިކޮށް އަލް ނަސްރަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 86 ވަނަ މިނެޓުގައި ކުޅުމުން ބޭރުގައި އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކުރި ފައުލަކާއި ގުޅިގެން ރެފްރީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.

މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުތެރިއަކު މަދުކޮށެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އަލް ނަސްރުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސެނަގާލްގެ ފޯވާޑް ސަޑިއޯ މާނޭ އެވެ. މިއީ އެޓީމުގެ ފޯވާޑް އަބްދުއްރަހްމާން ގަރީބް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އަލް ހިލާލް ކުރީގައި އޮވެގެންނެވެ. އަދި މުބާރާތުގެ ފައިނަލްގައި މިމަހުގެ 11 ވަނަ ދުވަހުގެ ރޭ އަލް ހިލާލުން ނުކުންނާނީ އަލް އިއްތިހާދާއި ދެކޮޅަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ