logoEN
PNC TOP 3
ސުޕަކަޕް:  ފެނަބާޗޭ މެޗު ދޫކޮށް ދިއުމުން ޗެންޕިއަންކަން ގަލަޓަސަރާއީ އަށް

ސުޕަކަޕް: ފެނަބާޗޭ މެޗު ދޫކޮށް ދިއުމުން ޗެންޕިއަންކަން ގަލަޓަސަރާއީ އަށް

ހަސަން ޝަމްއޫން

logo

4/8/2024, 3:37:41 AM

# ޓާކިޝް ސުޕަކަޕް # ބޭރު ދުނިޔޭގެ ކުޅިވަރު# ގަލަތަސަރާއީ # ފެނަބާޗޭ

ގަލަތަސަރާއީ ކުޅުންތެރިން އުފާފާޅުކުރަނީ

ޓާކިޝް ސުޕަކަޕް ފައިނަލުގައި އާދިއްތަ ދުވަހުގެ ރޭ ގަލަތަސަރާއީ އާއި ފެނަބާޗޭ ވާދަކުރި މެޗުގެ ފުރަތަަމަ މިނެޓުގައި ގަލަތަސަރާއީ އިން ކާމިޔާބުކުރި ލަނޑާއެކު ފެނަބާޗޭ މެޗު ދޫކޮށް ދިއުމުން ގަލަތަސަރާއީ އަށް މުބާރާތްގެ ޗެންޕިއަންކަން ލިބިއްޖެއެވެ.

PNC MID 2

ތުރުކީގެ ފުޓްބޯޅަ ފެޑެރޭޝަނާއި ދެކޮޅަށް އިހުތިޖާޖު ކުރުމުގެގޮތުން މިމެޗަށް ފެނަބާޗޭ އިން ނެރެފައި ވަނީ އެކުލަބުގެ 19 އަހަރުން ދަށުގެ ޓީމެވެ. އަދި މެޗު ފެށިގެން ފުރަތަމަ މިނެޓުގައި ގަސްތުގައި ގަލަތަސަރާއީ އަށް ލަނޑުޖަހަން ފުރުސަތު ދިނުމަށް ފަހު ފެނަބާޗޭގެ ކުޅުންތެރިން ވަނީ ދަނޑުން ފައިބައިގެން ގޮސްފައެވެ.

މި މެޗުގައި ގަލަތަސަރާއީ ގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ ފޯވާޑް މައުރޯ އިކާޑީ އެވެ. އަދި ފެނަބާޗޭ މެޗު ދޫކޮށް ދިއުމުން ގަލަތަސަރާއީ ޓީމުން ވަނީ އެޓީމުގެ ރިޒާވް ޓީމާއެކު މެޗެއް ކުޅެފައެވެ. އަދި މިމެޗަށް ފަހު ސުޕަކަޕްގެ ތަށި ވަނީ ގަލަތަސަރާއީ އާއި ހަވާލުކޮށްފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ފެނަބާޗޭ އިން އެގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައި ވަނީ ، މިދިޔަ މާޗުމަހުގެ 18 ވަނަ ދުވަހު ލީގު މެޗެއްގައި ޓްރަބްޒޯންސްޕޯރ އާއި ދެކޮޅަށް ރަށުން ބޭރުގައި އެޓީމުން ކުޅުނު މެޗަށްފަހު ޓްރަބްޒޯންސްޕޯރ ގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް އަރައި ހަމަނުޖެހުން ހިންގައި އެޓީމުގެ ބައެއް ކުޅުންތެރިންނަށް ހަމަލާދީފައި ވާތީއެވެ.

މީގެ އިތުރުން މިމަހުގެ 11 ވަނަ ދުވަހުގެ ރޭ ޔުއޭފާ ކޮންފަރެންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ގްރީސްގެ އޮލިމްޕިއާކޮސް އާއި ދެކޮޅަށް ރަށުން ބޭރުގައި އެޓީމުން ކުޅެން އޮތް މެޗަށް ވަގުތު ދިނުމުގެ ގޮތުން މިމެޗު ފަސްކޮށްދިނުމަށް އެދުމުން ތުރުކީ ފުޓްބޯޅަ ފެޑަރޭޝަނުން އެގޮތަށް މެޗު ފަސްކޮށްނުދިނުމުންނެވެ.

ތުރުކީ ސުޕަރ ލީގުގައި ކޮންމެ ޓީމަކުން 31 މެޗު ކުޅެފައިވާއިރު ލީގު ތާވަލުގެ އެއްވަނައިގައި 84 ޕޮއިންޓާއެކު މިވަގުތު އޮތީ ގަލަތަސަރާއީ އެވެ. އަދި ދެވަނަގައި އޮތް ފެނަބާޗޭ އަށް 82 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޓްރަބްޒޯންސްޕޯރ އަށް 31 މެޗުން ލިބިފައިވަނީ 52 ޕޮއިންޓެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC