logoEN
cocacola
ރަށުން ބޭރުގައި ޔުވެންޓަސް އަތުން ފިއޮރެންޓީނާ ބަލިވެއްޖެ

ރަށުން ބޭރުގައި ޔުވެންޓަސް އަތުން ފިއޮރެންޓީނާ ބަލިވެއްޖެ

ހަސަން ޝަމްއޫން

logo

4/8/2024, 5:15:52 AM

# ބޭރު ދުނިޔޭގެ ކުޅިވަރު# އިޓާލިއަން ސެރިއޭ# ޔުވެންޓަސް # ފިއޮރެންޓީނާ

ފިއޮރެންޓީނާ އާއި ޔުވެންޓަސް ވާދަކުރި މެޗުގެ ތެރެއިިން

އިޓާލިއަން ސެރިއޭގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި 1-0 ގެ ނަތީޖާއަކުން ޔުވެންޓަސް އަތުން ފިއޮރެންޓީނާ ބަލިވެއްޖެ އެވެ.

ގޮސިޔާ

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

އެގޮތުން މެޗުގެ 11 ވަނަ މިނެޓުގައި ޔުވެންޓަސްގެ ސާބިއާ ފޯވާޑް ޑުސާން ވްލޮހަވިޗް އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދިން ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. ނަމަވެސް އޭގެ 10 މިނެޓުފަހުން އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ފެޑްރިކޯ ގައްޓީ އެވެ. އަދި ފުރަތަަމަ ހާފުގެ 31 ވަނަ މިނެޓުގައި ވްލޮހަވިޗް އިތުރު ލަނޑެއް ކާމިޔާބު ކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ ވެސް އޮފްސައިޑް ލަނޑެއް ކަމަށެވެ.

މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ޔުވެންޓަސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ފިއޮރެންޓީނާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޔުވެންޓަސް ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 31 މެޗުން ޔުވެންޓަސް އަށް 62 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި ފިއޮރެންޓީނާ އަށް 30 މެޗުން ލިބުނު 43 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 10 ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ