
ފާއިތުވި 4 މަހެއްހާ ދުވަހުގެ ތެރޭގައިވެސް ރާއްޖެއަށް އިންގިލާބީ ބަދަލުތަކެއް އައިސްފި - ސައީދު
# އެކޮނޮމިކް މިނިސްޓްރީ# މުހައްމަދު ސައީދުސައީދު
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިތާ މިވީ 4 މަސްދުވަހުގެ ތެރޭގައިވެސް ރާއްޖެއަށް އިންގިލާބީ ބަދަލުތަކެއް އައިސްފައިވާ ކަމަށް އެކޮނޮމިން މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވިއެވެ.

ސައީދު މިފަދައިން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރައްވާ ކެނޑިޑޭޓެއްގެ ކެމްޕެއިންގެ ހަރަކާތުގައި ރޭ ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އެވެ.
އެގޮތުން ސައީދު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި އެގޮތުން ދިވެހި ވިޔަފާރިތަކަށާއި، ޤައުމުގެ ތަރައްޤީއަށް ހުރި ދަތިތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށެވެ. އެގޮތުން އެ ދަތިތައް ޙައްލުވުމުން ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް ފަސޭހަވެގެން ދާނެކަމަށް ސައީދު ފާހަގަކުރެއްވި އެވެ.
ސަރުކާރުން އިގްތިސޯދު ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ރައީސްގެ މެނިފެސްޓޯގައި އެކުލަވާލާފައިވާކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ ފައިސާ ހޯދާނެ ގޮތާއި، ދަރަނި ކުޑަކުރާނެ ގޮތާއި، އަރަނި އިތުރު ކުރާނެ ގޮތާއި، ރާއްޖެ ހުއްޓުމެއްނެތި ތަރައްގީގެ ރޭހުގައި ކުރިއަތް ދާން ގޮތް އެ މެނެފެސްޓޯގައި ވާނެ ކަމަށެވެ.
ސައީދު އިތުރަށް ވިދާޅުވީ ރައީސް މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެން މި ފާއިތުވި 4 މަހެއްހާ ދުވަހުގެ ތެރޭގައިވެސް ރާއްޖޭއަށް އިންގިލާބީ ބަދަލުތަކެއް އައިސްފައިވާކަމަށެވެ. އެގޮތުން ރާއްޖޭގެ އުތުރުގައި ފެށުމަށް ތައްޔާރުވަމުން އަންނަ ބަންކަރިންގ ހިދުމަތް އެމަނިކުފާނު ވަރަށް ބޮޑަށް ފާހަގަކުރެއްވި އެވެ.
ސަރުކާރު ދިފާއުކުރުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރައްވާނެކަން ހާމަކުރައްވައި ސައީދު ވިދާޅުވީ ރާއްޖެއަށް ގެންނަން ޖެހޭ ތަރައްޤީ ގެނައުމުގައި ފުރިހަމަ އެއްބާރުލުން ރައީސް އަށް ދެއްވާނެ ކަމަށެވެ.
ގުޅުންހުރި

ޖަމީލުއަށް ސައީދުގެ ފާޑުކިޔުން: މައިކު އަތުޖެހުމުން ތިދަނީ "ދުނިޔެ ރަންވެ" ހޭބުއްދި ލުހިގެން!

ތުރުކީއާއި އެކު އިޤްތިޞާދީ ގުޅުން ހަރުދަނާކުރުމަށް އެގައުމުގެ ވިޔަފާރިވެރިންނާއި ބައްދަލުކޮށްފި

ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްކޮށްދިނުމަށް ޓިކްޓޮކްގެ އިސްވެރިންނާއި ބައްދަލުކޮށްފި
