logoEN
cocacola
ޔަހޫދީ ސިފައިން ފަލަސްތީނުގެ ކުޑަކުއްޖެއްގެ ގަޔަށް ބަޑިޖަހައި ޒަހަމްކޮށްލައިފި

ޔަހޫދީ ސިފައިން ފަލަސްތީނުގެ ކުޑަކުއްޖެއްގެ ގަޔަށް ބަޑިޖަހައި ޒަހަމްކޮށްލައިފި

އަހުމަދު ޝުރާއު

logo

4/6/2024, 9:26:53 PM

# ހުޅަނގު އައްސޭރި# ފަލަސްތީން - އިސްރާއިލް

ހުޅަނގު އައްސޭރީގައި ޔަހޫދީ ސިފައިން ހަރަކާތްތެރިވަނީ

ޔަހޫދީ އިޒްރޭލުގެ ސިފައިން ފަލަސްތީނުގެ ކުޑަކުއްޖެއްގެ ބަޔަކަށް ބަޑި ޖަހައި ޒަހަމްކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ގޮސިޔާ

ފަލަސްޠީނުގެ ނިއުސް އެޖެންސީ ވަފާއިން ދާދި ދެންމެ އަކު ރިޕޯޓްކުރި ގޮތުގައި ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިން ސިޓީގެ ދެކުނުން އޮންނަ ޔަބާދު އަވަށުގައި އިސްރާއިލްގެ ސިފައިން ކުރިޔަށް ގެންދިޔަ ކަމަށްބުނާ އޮޕަރޭޝަނެއްގައި އުމުރުން 15 އަހަރުގެ ކުއްޖަކަށް ވަނީ ބަޑިން ހަމަލާދީ ޒަހަމްކޮށްފައި އެވެ.

އެ ކުއްޖާއަށް ޒަހަމްވުމާއި އެކު ފަރުވާ ދިނުމަށް އެ މި އޮޕަރޭޝަން ހިންގި ކަމަށްބުނާ އަވަށުގެ މެޑިކަލް ސެންޓަރަކަށް އެކުއްޖާ ވަނީ ބަދަލުކޮށްފައިކަންވެސް ވަފާއިން ވަނީ ރިޕޯޓްކޮށްފައި އެވެ. ނަމަވެސް އެކުއްޖާގެ ހާލަތާއި ގުޅޭ މާބޮޑު ތަފްީސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ވަފާއަށް މައުލޫމާތު ދިން ފަރާތްތަކުން ބުނީ އިސްރާއީލު ސިފައިން ޔަބާދު އަވަށަށް ވަދެ، އެ އަވަށުގެ ރައްޔިތުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމަށެވެ.

އިތުރު ތަފްސީލް އަންނަނީ ...

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ