
އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީ ނިރުބަވެރި ސިފައިން ފަލަސްތީނުގެ ދެ ކުޑަކުދިން ގަޔަށް ބަޑި ޖަހައިފި އެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް) އިން ބުނީ ހިފާފައިވާ ހުޅަނގު އައްސޭރީގެ ނަބްލޫސް ސިޓީގެ އިރުމަތީގައި އޮންނަ ބެއިޓް ފުރިކް އަވަށުގައި އިޒްރޭލުގެ ބަޑީގެ ހަމަލާތަކުގައި ފަލަސްތީނުގެ ދެ ކުޑަކުއްޖަކަށް އަނިޔާވެފައިވާ ކަމަށެވެ.
އުމުރުން 15 އަހަރުގެ އެ ދެ ކުދިންގެ ފަޔަށް ޔަހޫދީ އިޒްރޭލުގެ ސިފައިން ހަމަލާދީފައިވަނީ ޓާގެޓު ކޮށްގެން ކަމަށް ފަލަސްތީނުގެ ސަރުކާރުން ވެސް ވަނީ ބުނެފައި އެވެ. ނިރުބަވެރި އިޒްރޭލު ސިފައިން މިފަދަ ހަމަލާއެއް ދީފައިމިވަނީ ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށުނީއްސުރެ އިސްރާއީލު ސިފައިންގެ ވަރަށް ގިނައިން އަމާޒުވަމުން އަންނަ އެ އަވަށުގައި ނިރުބަވެރި ސިފައިން ހިންގި ކަމަށްބުނާ އޮޕަރޭޝަނެއްގައި ކަމަށް ވަފާ ނިއުސް އެޖެންސީން ބުނެއެވެ.
ޔަހޫދީން ހުޅަނގު އައްސޭރީގައި ހިންގާ ޖަރީމާތައް އިތުރުވެފައިވާއިރު ކޮންމެ ދުވަހަކުވެސް އޮޕަރޭޝަންތަކުގެ ނަމުގައި ހުޅަނގު އައްސޭރީގެ އަސްލު ހައްގުވެރިންކަމަށްވާ ފަލަސްތީނުގެ ރައްޔިތުންގެ ގެތަކާއި މުދާތައް ޔަހޫދީ އެއްވެސް އަސްލެއް ނެތް ވަޒަންވެރިންނާއި ސިފައިން ދަނީ ލޫޓުވަމުންނެވެ.
އަދި ހުޅަނގު އައްސޭރީގެ ފަލަސްތީނު ރައްޔިތުންވެސް މިފަހަކަށް އައިސް ހައްޔަރުކުރާ އަދަދު ވަނީ އިތުރުވެފައި އެވެ.
ގުޅުންހުރި

ޔަހޫދީ ސިފައިންނާއި ދިމާލަށް ގާ އުކި ފަލަސްތީނުގެ އަންހެނެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފި

ހުޅަނގު އައްސޭރީގައި މުސްލިމުންނަށް ހަމަލާދެމުންދިޔަ ޔަހޫދީ ސިފައިންގެ މީހަކު ޒަހަމްކޮށްލައިފި

ޔަހޫދީންގެ އަނިޔާވެރިކަން އިންތިހާއަށް: ބަނޑަށް 8 މަހުގައި މާބަނޑު އަންހެނަކު ޝަހީދުކޮށްލައިފި
