logoEN
cocacola
ވެމްކޯއިން މާލެ ސަރަހައްދުގައި ކުނި އުކާލުމަށް އުޅަނދުތަކުން ނަގާ ފީ އަނެއްކާވެސް ކުޑަކޮށްފި

ވެމްކޯއިން މާލެ ސަރަހައްދުގައި ކުނި އުކާލުމަށް އުޅަނދުތަކުން ނަގާ ފީ އަނެއްކާވެސް ކުޑަކޮށްފި

އަހުމަދު ޝުރާއު

logo

4/6/2024, 4:41:21 PM

# ވެމްކޯ

މާލެ ވޭސްޓް ޓްރާންސްފާ ސެންޓަރު

ވެމްކޯއިން މާލެ ސަރަހައްދުގައި ކުނި އުކާލުމަށް އުޅަނދުތަކުން ނަގާ ފީ އަނެއްކާވެސް ކުޑަކޮށްފި އެވެ.

ގޮސިޔާ

ވެމްކޯއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، މި ބަދަލު ގެނެއުމަށް ނިންމާފައިވަނީ މާދަމާއިން ފެށިގެން ކަމަށެވެ.

އިއުލާނުގައި ބުނެފައިވާ ގޮތުގައި އާންމުންގެ އުޅަނދުތަކުން ހޯމަ ދުވަހުން ފެށިގެން ނަގަމުންދާނީ ކިލޯއަކަށް 50 ލާރީގެ މަގުންކަމަށެވެ. އެއީ އާންމުންނާއި، އަމިއްލަ ކުންފުނިތަކުން ގެންދާ ދުވަހު ކުނި، ބޮޑެތި ކުނި ހިމެނޭ ގޮތަށްކަމަށް ވެމްކޯއިން ބުނެއެވެ.

ސަރުކާރު އޮފީސް އަދި ސަރުކާރު ކުންފުނިތަކުން އުކަލާ ހުރިހށާ ބާވަތެއްގެ ކުންޏަކަށް ނަގަމުންދާނީ ކިލޯއަކަށް 2.66 ރުފިޔާކަމަށްވެސް ވެމްކޯގެ އިއުލާނުގައި ބުނެއެވެ. އަދި ސަރުކާރު އޮފީސް އަދި ކުންފުނިތަކުގެ ކޮންމެ އުޅަނދަކުން ހިދުމަތުގެ އަގުގެ ގޮތުގައި މިހާރެކޭ ވެސް އެއްގޮތަށް ކުނި އުކަން ވަންނަ ކޮންމެ ފަހަރަކަށް 150ރ ނަގާނެކަމަށްވެސް ވެމްކޯއިން ބުނެއެވެ.

View post on Twitter

މިއީ މިއަހަރުގެ ތެރޭގައި ކުނި އުކާލާ އާއްމު އުޅަނދުތަކުން ނަގާފީ ކުޑަކުރި ދެވަނަ ފަހަރެވެ. މާލެ ސަރަހައްދުގައި ކުނި އުކާ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން އާންމުންގެ އުޅަނދުތަކުން އުކާ ކުނި ޓަނެއްގެ އަގު 750 ރުފިޔާއަށް ކުޑަކުރީ މިދިޔަ މާރިޗު މަހުގެ އެއްވަނަ ދުވަހުއެވެ. އޭގެ ކުރިން ޓަނަކަށް ނަގަމުން އައީ 1060 ރުފިޔާއެވެ. މީގެއިތުރުން ކޮންމެ އުޅަނދަކަށް ހިދުމަތުގެ އަގެއްގެ ގޮތުގައި ވަންނަ ކޮންމެ ފަހަރަކު، 150 ރުފިޔާގެ ފީއެއްވެސް ވެމްކޯއިން އަންނަނީ ނަގަމުންނެވެ.

އެއަގު އިތުރަށް ކުޑަކުރާނެކަން ހާމަކުރެއްވީ މިމަހުގެ ފުރަތަމަ ދުވަހު ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ