logoEN
cocacola
ވެމްކޯގެ ޑީއެމްޑީއަކަށް ޝަހީދު!

ވެމްކޯގެ ޑީއެމްޑީއަކަށް ޝަހީދު!

އަހުމަދު ޝުރާއު

logo

4/24/2024, 9:25:55 AM

# ވެމްކޯ

ވެމްކޯގެ އައު ޑީއެމްޑީ

ރާއްޖޭގައި ކުނި މެނޭޖްކުރާ މައި ކުންފުނި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން, ވެމްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަކަށް ޝަހީދު އިބްރާހިމް އައްޔަނު ކުރައްވައިފި އެވެ.

ގޮސިޔާ

ވެމްކޯގެ ޑީއެމްޑީގެ މަގާމާއި ޝަހީދު ހަވާލުވެވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައި އެވެ. އެކްސްގައި ވެމްކޯގެ ރަސްމީ ހޭންޑަލް އިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެކުންފުނީގެ ފަރާތުން ޑީއެމްޑީ ޝަހީދުއަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ކުނި މެނޭޖްކުރުމުގައި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް އެކުންފުނިން މަސައްކަތް ކުރަމުންދާއިރު، ޝަހީދުފަދަ ތަޖުރިބާކާރު ބޭފުޅަކު ވެމްކޯގެ ހިންގުމުގެ މަގާމެއްގެ މަސްއޫލިއްޔަތާއި ހަވާލުވިކަމީ ލިބިގެންދިޔަ ވަރަށްބޮޑު އުފަލެއް ކަމަށެވެ.

ޝަހީދު އަކީ ވެމްކޯގެ ދެވަނަ ޑީއެމްޑީއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ތެރޭގައި އެކުންފުނީގެ ޑީއެމްޑީއަކަށް މުހައްމަދު އަބްދުލްކަރީމް ވަނީ އައްޔަނުކޮށްފައި އެވެ.

View post on Twitter

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމާއި އެކު ވެމްކޯގެ ހިންގުމަށް ވަނީ ރަނގަޅު ބަދަލުތަކެއް ގެނެސް އެކުންފިން ދެމުން އަންނަ ހިދުމަތްތައް ވަނީ އިތުރަށް ފުރިހަމަކޮށްފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ