logoEN
cocacola
އާންމުން ގެންދާ ކުނީގެ ޓަނަކަށް ވެމްކޯއިން ނަގާ އަގު 500 އަށް ކުޑަކުރަން ރައީސް ނިންމައިފި

އާންމުން ގެންދާ ކުނީގެ ޓަނަކަށް ވެމްކޯއިން ނަގާ އަގު 500 އަށް ކުޑަކުރަން ރައީސް ނިންމައިފި

އަހުމަދު ޝުރާއު

logo

3/31/2024, 7:19:27 PM

# ވެމްކޯ

ރައީސް މުއިއްޒު

ވެމްކޯއިން އުކާލާ ކުންޏަށް ޓަނަކަށް ނަގަމުން އަންނަ ފީ އިތުރަށް ކުޑަކުރަން ނިންމާފައިވާކަން ރައީސް ޑރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

ގޮސިޔާ

ރައީސް މިކަން ހާމަކުރެއްވީ މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ދާންދޫ ދާއިރާއަށް ވާދަކުރައްވާ އަހުމަދު ފަޒީލް ގެ ފަރާތުން މިރޭ މާލޭގައި ބޭއްވި ކެމްޕެއިނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, މިހާރު ވެމްކޯއިން ނަގަމުން އަންނަނީ ޓަނަކަށް 750 ރުފިޔާ ނަމަވެސް, އާންމު ރައްޔިތުން ކިތަންމެ ކުޑަ ޕިކަޕެއްގައި އެކަން ކުރި ނަމަވެސް ބޮޑު ހަރަދެއް ކުރަން ޖެހޭ ކަމަށެވެ. އެހެން ކަމުން ސަރުކާރުން ވެމްކޯއާ ގުޅިގެން ނިންމާފައިވަނީ މި ފީ 500 ރުފިޔާއަށް ކުޑަކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން މި މަޝްވަރާތައް ވެމްކޯގެ އެމްޑީ މުޖުތަބާއާއިވެސް މިހާރު ކުރައްވާފައިވާކަން ހާމަކުރައްވައި ރައީސް ވިދާޅުވީ މާ ލަސްތަކެއްނުވެ ވެމްކޯގެ ފަރާތުން ރަސްމީކޮށް އެކަން އިއުލާންކުރާނެ ކަމަށެވެ.

އާންމު ފަރާތްތަކުގެ އަތުން އެއް ޓަނު ކުންޏަށް 1600 ރުފިޔާގެ މަގުން ވެމްކޯއިން ފީއެއް ނަގަމުންދަނިކޮށް، އެ އަގު 750އަށް ބަދަލުކުރީ ރައީސް މުއިއްޒުގެ ވެރުކަމުގައި މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ