logoEN
cocacola
ކޮކާކޯލާ އާއި ޔޫއެންޑީޕީ އެހީގައި ވެމްކޯ އިން ޕްލާސްޓިކް ކުނި މެނޭޖްކުރުމަށް ހާއްސަ އުޅަނދުތަކެއް އިތުރުކޮށްފި

ކޮކާކޯލާ އާއި ޔޫއެންޑީޕީ އެހީގައި ވެމްކޯ އިން ޕްލާސްޓިކް ކުނި މެނޭޖްކުރުމަށް ހާއްސަ އުޅަނދުތަކެއް އިތުރުކޮށްފި

# ކޮކާ-ކޯލާ# ވޭސްޓް މެނޭޖްމެންޓް# ޔޫއެންޑީޕީ# ވެމްކޯ

--

ކޮކާކޯލާ ފައުންޑޭޝަން އާއި ޔޫއެންޑީޕީގެ އެހީގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ޕްލާސްޓިކް ކުނި މެނޭޖް ކުރުމަށް ހާއްސަ އުޅަނދުތަކެއް އިތުރުކޮށް، މާލެ ސަރަހައްދުގެ ކުނި މެނޭޖު ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށްފި އެވެ.

ގޮސިޔާ

އުޅަނދުތައް ވެމްކޯއާ ހަވާލުކުރީ، 18 މާޗު 2024ގައި އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)އިންނެވެ. އަދި އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނީ ދަ ކޮކާ-ކޯލާ ފައުންޑޭޝަން (ޓީސީސީއެފް) އެވެ.

ވެމްކޯގެ ފްލީޓަށް އިތުރުކުރި އުޅަނދުތަކުގެ ތެރޭގައި ދެ އިލެކްޓްރިކް ވެހިކަލް (އީވީ)އާ އެކު ޖުމްލަ ހަ އުޅަނދު ހިމެނެ އެވެ. މި އުޅަނދުތަކުގެ އެހީއާ އެކު މާލެ ސަރަހައްދުގައި ޕީއީޓީ ކުނި އެއްކުރުމާއި ޖުމްލަކޮށް މުޅި ރާއްޖޭގެ ޕްލާސްޓިކް ކުނީގެ މައްސަލައާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ އެވެ.

ކުނި މެނޭޖު ކުރުމުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަކީ ސަރުކާރުގެ މުހިންމު ލަނޑުދަނޑިއަކަށް ވާއިރު މިއީ ޔޫއެންޑީޕީ މޯލްޑިވްސްއިން އެކަމަށް ވެދޭ އެހީތެރިކަން ފާހަގަކޮށްދޭ ކަމެކެވެ. އަދި ކުނި މެނޭޖު ކުރުމުގައި މިފަދަ 'ކްލީން އެނާޖީ ސޮލިއުޝަންސް' ބޭނުންކުރުމަކީ ރާއްޖޭގެ ކާބަން ފުޓްޕްރިންޓް މިހާރަށް ވުރެ ދަށްކޮށްދޭނެ ކަމެކެވެ.

"މިއީ ރާއްޖޭގައި ކުނި ރީސައިކަލް ކުރެވޭ މިންވަރު އިތުރުކޮށް، އެންވަޔަރަމަންޓަލް ޕޮލިއުޝަންގެ މައްސަލައާ ދެކޮޅަށް ކުރާ މަސައްކަތުގައި އެޅޭ މުހިންމު ފިޔަވަޅެއް،" ޔޫއެންޑީޕީ މޯލްޑިވްސްގެ ޑެޕިއުޓީ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ޕެކް ޗުއާން ގަން ވިދާޅުވި އެވެ.

undefinedދެމެހެއްޓެނިވި މުސްތަގުބަލަކަށް ޔޫއެންޑީޕީ މޯލްޑިވްސް، ވެމްކޯ އަދި ކޮކާކޯލާ ފައުންޑޭޝަނުން ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ މަންދޫބުން. ފޮޓޯ: ޗާއޯ އެޑްވަޓައިޒިން.

"ވެމްކޯގެ ފްލީޓަށް އީވީ އިތުރުކުރުމަކީ ޕީއީޓީ ކުނި ރީސައިކަލް ކުރުން ހަރުދަނާ ކުރުމުގެ އިތުރަށް، ކާބަން އެމިޝަންސް ދަށްކުރުމާއި ކުނި މެނޭޖްކުރުމުގެ މަސައްކަތްތަކަށް އިޔާދަކުރަނިވި ހަކަތަ ފުޅާކުރެވޭނެ ބަދަލެއް. މިފަދަ އީކޯ-ފްރެންޑްލީ އުޅަނދުތަކަކީ ވެމްކޯއަށް ގެނެވޭ ބޮޑު ބަދަލެއް. މިއީ ރާއްޖޭގެ ކުނި މެނޭޖުކުރުން ޒަމާނީ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް،" ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު ވިދާޅުވި އެވެ.

މުޖްތަބާ ވިދާޅުވީ މިފަދަ އެއްބަސްވުންތަކުގެ ސަބަބުން ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތުގައި މާނަހުރި މަސައްކަތްތަކެއް ކުރެވޭނެކަން އެނގިގެންދާ ކަމަށާއި މި އުޅަނދުތަކާ އެކު ތިމާވެއްޓާއި އެ ކުންފުނީގެ އޮޕަރޭޝަންތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ