
ގިރާވަރުން ދޫކުރި 1300 އެއްހާ ގޯތި ގުޅީފަޅަށް ބަދަލުކުރަން އެދުމަށް ހުޅުވާލައިފި
# ގިރާވަރު ފަޅު# ގުޅީފަޅުގުޅީފަޅު
ގިރާވަރު ފަޅުން ދޫކުރި 1300 އެއްހާ ގޯތި ގުޅީފަޅަށް ބަދަލުކުރަން އެދުމަށް ހުޅުވާލައިފި އެވެ.

ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ "ބިންވެރިޔާ" ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން ކަނޑަނާޅާ ކަމަށެވެ.
އަދި މި ހިދުމަތްތަކާއެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނައުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ބަދަލުކުރުމަށް ހަމަޖެހިފައި ވަނީ ގުޅިފަޅަށް ކަމަށްވެސް ބުނެފައި ވެއެވެ. އެގޮތުން 1،347 ގޯތި ބަދަލުކުރަން ނިންމާފައިވެ އެވެ.
ގުޅިފަޅަށް ބަދަލުކުރުމަށް ނިންމާފައިވަނީ:
- 1250 އަކަފޫޓުގެ 193 ގޯތި
- 1650 އަކަފޫޓުގެ 663 ގޯތި
- 2050 އަކަފޫޓުގެ 487 ގޯތި
- 2450 އަކަފޫޓުގެ 4 ގޯތި
މި އަދަދަށްވުރެ ގުޅީފަޅަށް ބަދަލުވާން ހުށަހަޅާ ފަރާތްތަކުގެ އަދަދު އިތުރުވާނަމަ ގުޅީފަޅުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުން ކަމަށް ވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
އެގޮތުން ގިރާވަރުފަޅުން އެ ސައިޒުގެ ގޯތި ލިބިފައިވާ ފަރާތްތަކުން މާދަމާ ހެނދުނު 9:00 އިން 14 އޭޕްރީލް ވަނަ ދުވަހުގެ 23:00 ގެ ނިޔަލަށް ހިޔާވަހި ޕޯޓަލްގެ ލިންކް މެދުވެރިކޮށް ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން އެ ވުޒާރާގެ ވެބްސައިޓްގައާއި ހިޔާވަހި ޕޯޓަލްގައި ވަނީ އާއްމުކޮށްފައެވެ.
ރައީސް މުއިއްޒު ވަނީ ގިރާވަރު ފަޅުން ގޯތި ލިބުނު ބައެއް މީހުންގެ ގޯތި، ގުޅިފަޅަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.
ގުޅުންހުރި

ގުޅިފަޅުގެ މަގު ހެދުމާއި، މުނިސިޕަލް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގެ މަޝްރޫޢު ޗައިނާގެ ސީއެމްއީސީއަށް!

ގުޅިފަޅަށް ގޯތި ބަދަލުކުރަން އިތުރު ފުރުސަތެއްދީފި

ގުޅިފަޅާއި ގިރާވަރު ފަޅު އިތުރަށް ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި
