logoEN
cocacola
ޕީއެންއެފް އަކީ ޖަމީލުގެ ޕާޓީއެއްކަމަށް ސިފަކުރާތީ ޒޭން ރައްދުދެއްވައިފި

ޕީއެންއެފް އަކީ ޖަމީލުގެ ޕާޓީއެއްކަމަށް ސިފަކުރާތީ ޒޭން ރައްދުދެއްވައިފި

އަލްފާ އަލީ

logo

4/6/2024, 12:02:15 PM

# ޕީއެންއެފް

ޒޭން ޔާމީން --

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފައްދާ ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އަކީ އެމަނިކުފާނުގެ ވަކީލު ޑރ މުހައްމަދު ޖަމީލުގެ ޕާޓީއެއްގެ ގޮތުގައި ސިފަކުރާތީ އެޕާޓީގެ މުއައްސިސް ޔާމީންގެ ދަރިކަލުން ޒޭން ޔާމީން ރައްދު ދެއްވައިފިއެވެ.

ގޮސިޔާ

ފޭސްބުކްގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ޒޭން ވިދާޅުވީ، ޕީއެންއެފް އުފައްދަން ޖެހުނީ އޭނަގެ ބައްޕާފުޅަށް ސިޔާސީ ގޮތުން އަނިޔާ ދެމުންދާތީ ކަމަށެވެ.

"ސަމާލުކަމަށް ދަންނަވާލަން، ޕާޓީ އުފެއްދީ އަޅުގަނޑު. އެކަން ކުރީ މައިންބަފައިންގެ ހައްގުގައި. ރައީސް ޔާމީނަށް ސިޔާސީ ގޮތުން އަނިޔާ ދޭތީ. ސާފުވެއްޖެ ކަމަށް އުންމީދު ކުރަން،" ޒޭން ވިދާޅުވިއެވެ.

ޕީއެންއެފް އުފެއްދުމަށް ބޭނުންވާ 3000 (ތިންހާސް) މީހުންގެ ސޮއި ހަމަކޮށް އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ އީސީން ދީނީ ބުރާސްފަތި ދުވަހުއެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބާއްވާނެ ތާރީހެއް މިހާތަނަށް އެޕާޓީގެ ފަރާތުން ހާމަކޮށްފައިނުވާއިރު، އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް މިވަގުތު ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ހުއްދައަކަށް އެދިވަޑައިގެންފައެވެ

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ