logoEN
cocacola
ކުޑަކުދިންނަށް އަނިޔާކުރުން ފަދަ ކަންކަންކުރާ ފަރާތްތަކާއިމެދު އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން - އިހްސާން

ކުޑަކުދިންނަށް އަނިޔާކުރުން ފަދަ ކަންކަންކުރާ ފަރާތްތަކާއިމެދު އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން - އިހްސާން

އަހުމަދު ޝުރާއު

logo

4/5/2024, 8:54:06 PM

# މިނިސްޓަރ އިހްސާން

މިނިސްޓަރ އިހްސާން

ރަސްދޫގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފެންމަތިވުމާއި އެކު އެފަދަކަންކަން މުޖުތަމައުގައި ހިންގާފަރާތްތަކާއިމެދު އެޅެންއޮތް އެއްމެ ހަރުކަށި ފިޔަވަޅު އެޅިގެންދާކަން ޔަޤީންކުރާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

މިސްކިތެއްގެ ފާހަނާ ތެރޭގައި ކުޑަކުއްޖަކަށް ބަޔަކު ގަނާކޮށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި މިރޭ ދައުރުވާން ފެށުމާއިއެކު އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި ކަން ކުރި ފަރާތްތައް ހޯދައި އަވަހަށް ފިޔަވަޅު އެޅުމަށް ފުލުހުން ދަނީ މަސައްކަތްކުރަމުން ކަމަށެވެ.

" މިފަދަކަންކަން މުޖުތަމައުގައި ހިންގާފަރާތްތަކާއިމެދު އެޅެންއޮތް އެއްމެ ހަރުކަށި ފިޔަވަޅު އެޅިގެންދާކަން ޔަޤީންކުރާނަން. " އިހްސާންގެ ޕޯސްޓުގައި ބުނެފައި ވެއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން މިރޭ ބުނީ އެކަން ހިނގާފައިވަނީ އއ ރަސްދޫގައި ކަމަށް މިހާތަނަށް ބެލި ބެލުމުން ދެނެގަނެވިފައިވާކަމަށާއި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށާފައިވާ ކަމަށެވެ.

View post on Twitter

އަދި މި މައްސަލާގައި ތުހުމަތު ކުރޭ ފަރާތްތައް މިހާރު ދެނެގަނެވިފައިވާކަންވެސް ދާދި ދެންމެ އަކު ފުލުހުން ވަނީ ބުނެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ