
ފުލުހުންގެ ބަންދުގައި ހުއްޓާ އަތުހަރު ނިޔާވި މައްސަލައާއި ގުޅިގެން އިހްސާން މިރޭ ނޫސްވެރިންނާއި ބައްދަލުކުރަނީ, ލައިވެއް ނުކުރާނެ!
# މިނިސްޓަރ އިހްސާން# ދިވެހި ފުލުހުންގެ ޙިދުމަތް--
މާލޭގައި އަންހެނަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކޮށް ދޫނިދޫ ބަންދުގައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތްކުރުމުން ހާލު ދެރަވެ ފަރުވާދެމުން ދަނިކޮށް ނިޔާވި އާދަމް އަތުހަރުގެ މަރާއި ގުޅިގެން މިރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ދާހިލީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ތައްޔާރުވެއްޖެ އެވެ.

ދާހިލީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ދާދި ދެންމެ އަކު ނޫސްވެރިންނަށް ފޮނުވި މެސެޖެއްގައި ބުނީ މިނިސްޓަރު އަލީ އިހުސާން މީޑިއާ ތަކާއި ބައްދަލުކުރުމަށް މިރޭ 22:00 ގައި އިސްކަންދަރު ކޮށީގައި ޚާއްސަ ބައްދަލުވުމެއް އޮންނާނެ ކަމަށެވެ. ނަމަވެސް މި އިވެންޓު ލައިވް ނުކުރާނެ ކަމަށް އެވުޒާރާއިން ވަނީ ބުނެފައި އެވެ.
މި އިވެންޓު ލައިވް ނުކުރާން އެވުޒާރާއިން ނިންމި ސަބަބެއް ހާމަކޮށްފައި ނުވާއިރު މައުލޫމާތު ލިބޭގޮތުގައި މިރޭގެ ނޫސްވެރިންގެ ބައްދަލުވުމަކީ އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތްކުރި ވަގުތު އޭނާ ހުރި ގޮޅީގައި ހުރި ސީސީޓީވީގެ ފުޓޭޖް ނޫސްވެރިންނަށް ދެއްކުމަށް ބާއްވާ އިވެންޓެކެވެ.
ފުލުހުން މިއަދު ބުނީ, މާލޭގައި އަންހެނަކު ރަހީނުކުރި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ށ މިލަންދޫ/ ހެޕީލޭންޑް އާދަމް އަތުހަރު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންްދަނިކޮށް މިއަދުގެ 16:08 ހާއިރު ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށެވެ. އާދަމް އަތުހަރަށް އައިޖީއެމްއެޗް ގައި ފަރުވާދެމުން ގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ހުއްޓައި ރޭގެ ވަގުތެއްގައި އޭނާ ބަންދުގައި ހުރި ޖަލުގައި ދަންޖެހުމާ ގުޅިގެންނެވެ. އާދަމް އަތުހަރު ނިޔާވި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ, އަތުހަރު މަރުވި ސަބަބު ދެނެގަތުމަށްޓަކައި ހަށިގަނޑުގެ އޮޓޮޕްސީއެއް ހެދުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިނިވަން މިއައްސަސާތަކުން ކުރަމުންދާ ތަހުގީގުތަކަށް ފުލުހުންގެ ހިދުމަތުން އެއްބާރުލުން ލިބޭނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ގުޅުންހުރި
ސްކޭމުގެ މައްސަލަތަކުގައި ގައިދީންގެ ބައިވެރިވުން: މާފުށި ޖަލު ބަލައި ފާސްކޮށް 33 ފޯނު އަތުލައިގެންފި

ކޯޓުތަކާއި ފަނޑިޔާރުންގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

ހުޅުމާލެއިން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި
