logoEN
cocacola
އެމެރިކާއަށް ބިންހެލުމެއް އަތުވެއްޖެ

އެމެރިކާއަށް ބިންހެލުމެއް އަތުވެއްޖެ

އަހުމަދު ޝުރާއު

logo

4/5/2024, 5:14:38 PM

# އެމެރިކާ

އެމެރިކާގެ ނިއުޔޯކް

އެމެރިކާއަށް ބިންހެލުމެއް އައިސްފައިވާ ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނެފި އެވެ.

ގޮސިޔާ

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނީ ހުކުރު ދުވަހުގެ ހެނދުނު 4.8 މެގްނިޓިއުޑްގެ ބިންހެލުމެއް އެމެރިކާގެ ބޮސްޓަން އާއި ފިލަޑެލްފިއާއާ ދެމެދު އެޓްލާންޓިކް އައްސޭރިފަށަށް އައިސްފައިވާ ކަމަށެވެ.

މި ބިންހެލުން އުފެދިފައިވާ ކަމަށް ބުނެފައިވަނީ ނިއުޔޯކް ސިޓީގެ ހުޅަނގުން 45 މޭލު (72 ކިލޯމީޓަރު) ދުރުން ކަމަށް ޔޫއެސްޖީއެސްއިން ވަނީ ބުނެފައި އެވެ. މި ބިންލެމުގެ އަސަރު ނިޔުކޯކްގެ އެކި ސަރަހައްދުތަކަށް ކޮށް 45 މިލިއަނަށް ވުރެ ގިނަ މީހުންނަށް ބިން ހެލުން އިހުސާސް ކުރެވިފައިވާ ކަމަށް ބެލެވޭ ކަމަށްވެސް ވަނީ ބުނެފައި އެވެ.

ނިއުޔޯކް ސިޓީގެ ފަޔަރ ޑިޕާޓްމަންޓުން ބުނީ އެގައުމުގެ ގަޑިން ހެނދުނު 10:23 ގައި އައި ބިންހެލުމާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް އަދި އުމްރާނީ ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ނިއުޔޯކް ސިޓީގެ މޭޔަރުގެ އޮފީހުން ކުރި ޕޯސްޓެއްގައި ބުނީ އަދިވެސް "ބިންހެލުމުގެ އަސަރު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ" ކަމަށެވެ. އެންވައިސީގެ އިމަޖެންސީ މެނޭޖްމަންޓް އެޖެންސީން ވަނީ "ނުރައްކަލެއް" އޮތް ނަމަ އިމަޖެންސީ 911 ނަމްބަރަށް ގުޅައި، އިމަޖެންސީ ނޫން އެހެން އެއްވެސް އަސަރެއް ކުރާނަމަ އެކަން ސިޓީގެ ސާވިސް ހޮޓްލައިނަށް އެންގުމަށް އިލްތިމާސްކޮށްފަ އެވެ.

މި ބިންހެލުމުގެ އަސަރު ނިއުޔޯކްގެ މެންހަޓަންގައި ހުންނަ އދ ގެ އިމާރާތަށްވެސް ވަނީ ކޮށްފައި އެވެ. އެގޮތުން ބިންހެލުމުގެ އަސަރު އެތަނަށް ކޮށްފައިވަނީ "ސޭވް ދަ ޗިލްޑްރަން" ޖަމިއްޔާގެ ރައީސް އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޖަންތީ ސޮއެރިޕްޓޯ ސަލާމަތީ މަޖިލީހަށް ފަލަސްތީނުގެ ޣައްޒާގެ ހަނގުރާމައިގެ ހާލަތު ކިޔައިދެމުން ދަނިކޮށެވެ

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ