logoEN
cocacola
ނައިޖަރުން އެމެރިކާއާ އެކު ހަދާފައިވާ އަސްކަރީ އެއްބަސްވުން މެދުކަނޑާލައިފި

ނައިޖަރުން އެމެރިކާއާ އެކު ހަދާފައިވާ އަސްކަރީ އެއްބަސްވުން މެދުކަނޑާލައިފި

އަހުމަދު ޝުރާއު

logo

3/17/2024, 7:27:54 PM

# ނައިޖަރު# އެމެރިކާ

އެމެރިކާގެ ބޭސްއެއް ނައިޖަރުގައި

ނައިޖަރުން އެމެރިކާއާ އެކު ހަދާފައިވާ އަސްކަރީ އެއްބަސްވުން ސަސްޕެންޑް ކޮށްފައިވާ ކަމަށް އެގައުމުގެ ވެރިކަން ކުރާ އަސްކަރިއްޔާގެ ތަރުޖަމާނު ކާނަލް އަމާޑޫ އަބުދުރަމާނޭ ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ނައިޖަރާއި އެމެރިކާއާއި ދެމެދު އެކުލަވާލާފައިވާ އަސްކަރީ އެއްބަސްވުމުގެ ދަށުން އެފްރިކާގެ ސަހެލް ސަރަޙައްދުގައި އެމެރިކާގެ އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަންތަކުގައި މައިގަނޑު ދައުރެއް އަދާކުރާ އަދި ބޮޑު އެއަރބޭސްއެއް އޮންނަ ނައިޖަރުން އެމެރިކާގެ އަސްކަރިއްޔާއާއި މަދަނީ ދިފާޢީ މުވައްޒަފުންނަށް ހަރަކާތްތެރިވުމުގެ ފުރުޞަތު ވަނީ ލިބިފައެވެ.

ނައިޖަރުން އެއްބަސްވުން މެދުކަނޑާލާފައިމިވަނީ އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ އެފްރިކަން އެފެއާޒް މޯލީ ފީ އާއި ޔޫއެސް އެފްރިކާ ކޮމާންޑުގެ ވެރިޔާ ޖެނެރަލް މައިކަލް ލެންގްލީ އިސްވެ ހުންނަވައިގެން އެމެރިކާގެ އިސް އޮފިޝަލުން އެ ގައުމަށް ވަޑައިގެން ޑިމޮކްރެޓިކް ބަދަލުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައި ވަނިކޮށެވެ.

އެމެރިކާގެ ވަފުދުން ޑިޕްލޮމެޓިކް ޕްރޮޓޮކޯލަށް ތަބާނުވާ ކަމަށާއި އެ ވަފުދުއެކުލެވިގެންވާ ގޮތާއި، އެ ވަފުދު އައި ތާރީހާއި އެޖެންޑާއާ ބެހޭ ގޮތުން ނައިޖަރަށް އަންގާފައި ނުވާ ކަމަށް އަސްކަރިއްޔާގެ ތަރުޖަމާނު އަބްދްރަމާނޭ ވިދާޅުވި އެވެ.

އަބުދުރަމާނޭ ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް ހަގީގަތުގައި ވެސް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަން ލިބިފައިވާ ބައިވެރިންނާއި ޕާޓްނާޝިޕްގެ ބާވަތްތައް ކަނޑައެޅުމުގެ ހައްގު އެމެރިކާގެ ވަފުދުން ނިގުޅައިގަތުމަކީ އެމެރިކާގެ ވަފުދުގެ ވިސްނުމާ މެދު ނައިޖަރު ހިތާމަކުރާކަމެއް ކަމަށެވެ.

ނައިޖަރުގެ މި ނިންމުން ވެގެން ގޮސްފައިވަނީ އެމެރިކާގެ އަސްކަރިއްޔާއަށް ލިބިގެންދާނެ ވަރަށް ބޮޑު ގެއްލުމަކަށެވެ. ސަބަބަކީ އެފްރިކާގައި އެމެރިކާ އަސްކަރިއްޔާއިން ހިންގާ މައި އޮޕަރޭޝަންތަކުގައި ބޭނުންކުރާ މައި ހަބަކަށް ނައިޖަރު ވެފައި އޮތުމާއި އެކު އެއްބަސްވުން މެދުކަނޑާލުމުން އެމެރިކާ ސިފައިން އެގައުމުން ފައިބަން ޖެހުމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ