logoEN
cocacola
މަގުމަތީ ކުނިކަހަން ހުރި މީހެއްގެ ގައިގައި ސައިކަލުން ޖައްސައި ފިލި ބަޔަކު ހޯދަނީ

މަގުމަތީ ކުނިކަހަން ހުރި މީހެއްގެ ގައިގައި ސައިކަލުން ޖައްސައި ފިލި ބަޔަކު ހޯދަނީ

އަލްފާ އަލީ

logo

4/5/2024, 10:07:34 AM

# ފުލުހުން# އެކްސިޑެންޓް

--

މާލޭ މަގުމަތީގައި ކުނިކަހަން ހުރި މީހެއްގެ ގައިގައި ސައިކަލުން ޖައްސައި ފިލި ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ގޮސިޔާ

ފުލުހުން ވިދާޅުވީ، އިއްޒުއްދީން މަގުގައި ކުނިކަހަން ހުރި މީހެއްގެ ގައިގައި އެމަގުން ދުއްވާފައިދިޔަ ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށް ރޭ 23:17ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އުމުރުން 48 އަހަރުގެ ދިވެހި އަންހެނަކަށެވެ.

އެކްސިޑެންޓު ހިނގިވަގުތު ސައިކަލްގައި ތިބި މީހުން މަޑުނުކޮށް ފިލާފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އެސައިކަލާއެކު އެމީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ