logoEN
cocacola
މާލޭގައި މިއަދު ވައްކަމުގެ 3 މައްސަލައެއް

މާލޭގައި މިއަދު ވައްކަމުގެ 3 މައްސަލައެއް

އަލްފާ އަލީ

logo

5/9/2024, 12:40:23 PM

# ފުލުހުން

--

މާލޭގައި މިއަދު ވައްކަމުގެ 3 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ގޮސިޔާ

ފުލުހުން ބުނެފައިވަނީ, އަބަދަށްފެހި މަގުގައި ހުރި ނިއުލައިން ފިހާރައިން ވައްކަންކޮށްފައިވާ މައްސަލަ މިއަދު 7:45 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެމަގުގައި ހުންނަށް ބޭސް ފިހާރައަކުންވެސް ވައްކަން ކޮށްފައިވާ މައްސަލައެއް މިއަދު 8:30 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.

މި މައްސަލަތަކުގެ އިތުރުން މާލޭ ނޯތު ހާބާރުގައި އޮތް ބޯޓަކުން 10 ގޭސްފުޅި ވަގަށް ނަގާފައިވާ މައްސަލައެއްވެސް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަތާކާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެެެއެވެ. މި މައްސަލަތައް ތަހުގީގުކުރަމުން އަންނަ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ