logoEN
cocacola
ކޭޝްކާޑުގެ މައްސަލައެއް ހައްލުކުރުމަށް ފުލުހުންގެ ޚިދުމަތުން ރާއްޖެއިން ބޭރުގެ ނަންބަރަކުން ނުގުޅާނެ!

ކޭޝްކާޑުގެ މައްސަލައެއް ހައްލުކުރުމަށް ފުލުހުންގެ ޚިދުމަތުން ރާއްޖެއިން ބޭރުގެ ނަންބަރަކުން ނުގުޅާނެ!

އައިޝަތު އިފާޝާ

logo

5/9/2024, 7:55:48 AM

# ފުލުހުން

.

ކޭޝްކާޑު އަދި ކްރެޑިޓް ކާޑުގެ މައްސަލައެއް ހައްލުކުރުމަށް, ދިވެހި ފުލުހުންގެ ޚިދުމަތުން ރާއްޖެއިން ބޭރުގެ ނަންބަރަކުން ނުގުޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ގޮސިޔާ

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ, ދިވެހި ފުލުހުންގެ ޚިދުމަތުގެ އެކި ލޯގޯ ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އެކި ނަންބަރުތަކުން ވަޓްސްއެޕް މެދުވެރިކޮށް ފުލުހުންގެ ނަމުގައި އެކި މީހުންނަށް ގުޅަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ވީޑިއޯ ކޯލު މެދުވެރިކޮށް މިގޮތަށް ގުޅައިގެން، ކޭޝްކާޑު އަދި ކްރެޑިޓް ކާޑުގެ މައްސަލައެއް ދިމާވެފައިވާ ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް ކާޑުގެ މައުލޫމާތު ބުނެދިނުމަށް ނުވަތަ ވީޑިއޯ ކޯލުކޮށްގެން ހުންނަ މީހާއަށް ކާޑު ދެއްކުމަށް އެދެމުންދާ ކަމަށާއި, މިގޮތަށް ކާޑު ދެއްކުމުން ނުވަތަ ކާޑުގެ މައުލޫމާތު ދިނުމުން މަކަރާއި ހީލަތުން ފައިސާގެ މުއާމަލާތްތައް ހިންގަމުންދާ ކަމަށެވެ. އަދި ގުޅާ މީހާ ހުންނަނީ މޫނު ނިވާކޮށްގެންކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން، އިމިގްރޭޝަންގެ ނަމުގައި ރާއްޖެއިން ބޭރުގެ ނަންބަރުތަކުން މިގޮތަށް ގުޅައި އައިޑީ ކާޑު ދެއްކުމަށާއި ޒާތީ މައުލޫމާތު ދިނުމަށް އެދެމުންދާކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އެހެންކަމުން މިގޮތަށް ގުޅާ މީހުންގެ ކޯލުތަކަށް ޖަވާބު ނުދިނުމަށާއި ކާޑުގެ އެއްވެސް މައުލޫމާތަކާއި އޯޓީޕީ ކޯޑު އަދި ޒާތީ އެއްވެސް މައުލޫމާތެއް ނުދިނުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ