logoEN
cocacola
ވާދަވެރި ކުޅުމަކަށްފަހު އާރުޑީއެލް އެސްސީ  ބަލިކޮށް ޖޭޖޭ ސްޕޯޓްސް ކުލަބުން ޗެންޕިއަންކަން ހޯދައިފި

ވާދަވެރި ކުޅުމަކަށްފަހު އާރުޑީއެލް އެސްސީ ބަލިކޮށް ޖޭޖޭ ސްޕޯޓްސް ކުލަބުން ޗެންޕިއަންކަން ހޯދައިފި

ހަސަން ޝަމްއޫން

logo

4/5/2024, 8:22:33 AM

# ބީޖީ ފުޓްސަލް ޗެލެންޖު 2024

ޖޭޖޭ ސްޕޯޓްސް ކުލަބުގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީ އާއެކު އުފާފާޅުކުރަނީ

ބީޖީ ފުޓްސަލް ޗެލެންޖު 2024 ގެ ފައިނަލުގައި ބުރާސްފަތި ދުވަހުގެރޭ ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން އާރުޑީއެލް އެސްސީ ބަލިކޮށް ޖޭޖޭ ސްޕޯޓްސް ކުލަބުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ގޮސިޔާ

ޖޭޖޭ ސްޕޯޓްސް ކުލަބުން މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި ފަސޭހަކަމާއި އެކު 5-2 ގެ ނަތީޖާއަކުން އެފްސީ ކާމްސް ބަލިކުރުމަށްފަހު އެވެ. އަދި އާރުޑީއެލް އެސްސީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި ފަސޭހަކަމާއި އެކު 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ޔޫއެން ފްރެންޑްސް ބަލިކުރުމަށްފަހު އެވެ.

ބީޖީ ފުޓްސަލް ދަނޑުގައި ރޭ ކުޅެވުނު ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ ރައްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުުސްތާޛް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) އެވެ.

ރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ، މެޗު ފެށިގެން ފުރަތަމަ މިނެޓުގައި ޖޭޖޭ ސްޕޯޓްސް ކުލަބުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ އިފާޒް އެވެ.

މިއީ އާރުޑީއެލްގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ފުރުސަތެއްގައި ތިރިތިރިން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިބްރާހިމް މަހުދީ އެވެ.

މިއީ އާރުޑީއެލްގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ފުރުސަތެއްގައި ކީޕަރު ކުރިއަށް ނުކުތުމާއެކު ބޯމަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ޖޭޖޭ ސްޕޯޓްސް ކުލަބު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި އާރުޑީއެލް އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު ނާއިލް އެވެ. މިއީ އެޓީމަށް ލިބުނު ދުރު ޕެނަލްޓީއެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ޖޭޖޭ ސްޕޯޓްސް ކުލަބު ކުރީގައި އޮވެގެންނެވެ. އަދި ފައިނަލް މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ޖޭޖޭ ސްޕޯޓްސް ކުލަބުގެ ކީޕަރު މުހައްމަދު ޝަފީއު އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ހުސެއިން ޝަރީފް (އާރުޑީއެލް އެސްސީ), ހުސެއިން ސުހައިލު (އާރުޑީއެލް އެސްސީ), އިބްރާހިމް މަހުދީ (ޖޭޖޭ ސްޕޯޓްސް ކުލަބު), އަބްދުﷲ ސަމީހް މޫސާ (ޖޭޖޭ ސްޕޯޓްސް ކުލަބު) އަދި މުހައްމަދު ޝަފީއު ( ޖޭޖޭ ސްޕޯޓްސް ކުލަބު) އެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ މުހައްމަދު ފުހައިދު ( ޖޭޖޭ ސްޕޯޓްސް ކުލަބު) އެވެ. އަދި މުބާރާތްގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިިޔާގެ މަގާމު ހޯދީ ވެސް ޖޭޖޭ ސްޕޯޓްސް ކުލަބުގެ އިސްމާއިލް އީސާ (މެސީ) އެވެ. އޭނާ ވަނީ މި މުބާރާތުގައި ޖުމްލަ 14 ލަނޑު ކާމިޔާބުކޮށްފައެވެ.

ޗެންޕިއަން ޓީމަށް 40,000 އަދި ރަނަރަޕް ޓީމަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގައި މިއަހަރުގެ 32 ޓީމު ވާދަކޮޒްފައިވާއިރު، މިއަހަރުގެ މުބާރާތް ބާއްވާފައި މިވަނީ 7 އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ