logoEN
cocacola
ފަސޭހަކަމާއި އެކު ޔޫއެން ފްރެންޑްސް ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ އާރުޑީއެލް ސްޕޯޓްސް ކުލަބުން ހޯދައިފި

ފަސޭހަކަމާއި އެކު ޔޫއެން ފްރެންޑްސް ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ އާރުޑީއެލް ސްޕޯޓްސް ކުލަބުން ހޯދައިފި

ހަސަން ޝަމްއޫން

logo

4/3/2024, 1:04:47 AM

# ބީޖީ ފުޓްސަލް ޗެލެންޖު 2024

އާރުޑީއެލް ސްޕޯޓްސް ކުލަބާއި ޔޫއެން ފްރެންޑްސް ވާދަކުރި މެޗުގެ ތެރެއިިން.. ފޮޓޯ: އިމޭޖެސް އެމްވީ

މިހާރު ކުރިއަށްދާ ބީޖީ ފުޓްސަލް ޗެލެންޖު 2024 ގެ ސެމީ ފައިނަލު ދެވަނަ މެޗުގައި އަންގާރަދުވަހުގެ ރޭ ފަސޭހަކަމާއި އެކު 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ޔޫއެން ފްރެންޑްސް ބަލިކޮށް އާރުޑީއެލް ސްޕޯޓްސް ކުލަބުން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ގޮސިޔާ

އާރުޑީއެލް އިން މުބާރާތްގެ ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި ފަސޭހަކަމާއި އެކު 6-1 ގެ ނަތީޖާއަކުން ފަސްތަރި ސްޕޯޓްސް ކުލަބު ބަލިކުރުމަށްފަހު އެވެ. އަދި ޔޫއެން ފްރެންޑްސް އިން ސެމީ ފައިނަލުގެ ޖާގައެއް ހޯދީ ކުއާޓާ ފައިނަލްގައި ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ސްކޮޑްރާ ބަލިކުރުމަށްފަހު އެވެ.

މެޗުގެ ފުރަތަަމަ ހާފުގައި އާރުޑީއެލް ސްޕޯޓްސް ކުލަބުން ތިން ލަނޑުގެ ލީޑެއް ނެގިއިރު، ދެވަނަ ހާފުގައިި އެޓީމުން ވަނީ އިތުރު ތިން ލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި އާރުޑީއެލްގެ ހުސެއިން ސުހައިލު އަދި މުހައްމަދު ވިލްފް މިއިން ކޮންމެ ކުޅުންތެރިއެއް ދެލަނޑު ކާމިޔާބު ކުރި އިރު އެޓީމުގެ، ހުސެއިން އަލީ އަދި މުހައްމަދު ނާއިލް މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ އާރުޑީއެލް ސްޕޯޓްސް ކުލަބުގެ ހުސެއިން ޝަރީފް (އޮންލީ) އެވެ.

މުބާރާތުގެ ފައިނަލްގައި މިމަހުގެ ހަތަރުވަނަ ދުވަހުގެ ރޭ އާރުޑީއެލް ސްޕޯޓްސް ކުލަބުން ނުކުންނާނީ ރޭ ކުޅެވުނު ސެމީފައިނަލްގެ ފުރަތަަމަ މެޗުގައި 5-2 ގެ ނަތީޖާއަކުން އެފްސީ ކާމްސް ބަލިކުރި ޖޭޖޭ ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ.

7 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޖީ ފުޓްސަލް ޗެލެންޖު މިއަހަރު އަލުން ފެށިގެން ކުރިއަށްދާއިރު، މިއަހަރުގެ މުބާރާތުގައި ޖުމުލަ 32 ޓީމެއް ވަނީ ބައިވެރިވެފައެވެ.

ޗެންޕިއަން ޓީމަށް 40,000 އަދި ރަނަރަޕް ޓީމަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުގެ ރޭ 22:00 ގައެވެެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ