logoEN
cocacola
ބީޖީ ފުޓްސަލް ޗެލެންޖު 2024 ގެ ސެމީފައިނަލްގެ ދެމެޗު ވެސް މިރޭ

ބީޖީ ފުޓްސަލް ޗެލެންޖު 2024 ގެ ސެމީފައިނަލްގެ ދެމެޗު ވެސް މިރޭ

ހަސަން ޝަމްއޫން

logo

4/2/2024, 7:44:15 AM

# ބީޖީ ފުޓްސަލް ޗެލެންޖު 2024

ބީޖީ ފުޓްސަލް ޗެލެންޖު 2024 ގެ މެޗެއް ކުރިއަށްދަނީ.. ފޮޓޯ: އިމޭޖެސް އެމްވީ

މިހާރު ކުރިއަށްދާ ބީޖީ ފުޓްސަލް ޗެލެންޖު 2024 ގެ ސެމީ ފައިނަލު ދެމެޗު މިރޭ ކުޅުމަށް ހަމަޖެހިފައިވާ އިރު، ފުރަތަަމަ މެޗުގައި ޖޭޖޭ ސްޕޯޓްސް ކުލަބާއި ކުލަބު ކާމްސް ވާދަކުރާއިރު ދެވަނަ މެޗުގައި އާރުޑީއެލް އިން ނުކުންނާނީ ޔޫއެން ފްރެންޑްސް އާއި ދެކޮޅަށެވެ.

ގޮސިޔާ

7 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޖީ ފުޓްސަލް ޗެލެންޖު މިއަހަރު އަލުން ފެށިގެން ކުރިއަށްދާއިރު، މިއަހަރުގެ މުބާރާތުގައި ޖުމުލަ 32 ޓީމެއް ވަނީ ބައިވެރިވެފައެވެ. އަދި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 32 ޓީމު 8 ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަގަޅު ނަތީޖާއެއް ހޯދި ދެޓީމު މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދިއިރު، މުބާރަތުގެ ނޮކްއައުޓް ބުރުގައި ވަނީ ފޯރިގަދަ ކުރިމަތިލުންތަކެއް ފެނިގެން ގޮސްފައެވެ.

މިރޭ 22:00 ގައި ފަށާ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ޖޭޖޭ ސްޕޯޓްސް ކުލަބާއި ކުލަބު ކާމްސް ވާދަކުރާއިރު، ޖޭޖޭ ސްޕޯޓްސް ކުލަބު މުބާރާތުގެ ސެމީފައިނަލްގެ ޖާގައެއް ހޯދީ ކުއާޓާ ފައިނަލްގައި އެފްސީ ކާމްސް ބްލޫ 2-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި އެފްސީ ކާމްސް އިން މުބާރާތްގެ ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި 2-1 ގެ ނަތީޖާއަކުން ޒެފަރސް ސްޕޯޓްސް ކުލަބު ބަލިކުރުމަށްފަހު އެވެ.

މިރޭ 23:00 ގައި ފަށާ ސެމީފައިނަލްގެ ދެވަނަ މެޗުގައި އާރުޑީއެލް ސްޕޯޓްސް ކުލަބާއި ޔޫއެން ފްރެންޑްސް ވާދަކުރާއިރު، އާރުޑީއެލް އިން މުބާރާތްގެ ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި ފަސޭހަކަމާއި އެކު 6-1 ގެ ނަތީޖާއަކުން ފަސްތަރި ސްޕޯޓްސް ކުލަބު ބަލިކުރުމަށްފަހު އެވެ. އަދި ޔޫއެން ފްރެންޑްސް އިން ސެމީ ފައިނަލުގެ ޖާގައެއް ހޯދީ ކުއާޓާ ފައިނަލްގައި ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ސްކޮޑްރާ ބަލިކުރުމަށްފަހު އެވެ.

ޗެންޕިއަން ޓީމަށް 40,000 އަދި ރަނަރަޕް ޓީމަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުގެ ރޭ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ