logoEN
cocacola
އެފްސީ ކާމްސް ބަލިކޮށް ފައިނަލްގެ ފުރަތަަމަ ޖާގަ ޖޭޖޭ ސްޕޯޓްސް ކުލަބުން ހޯދައިފި

އެފްސީ ކާމްސް ބަލިކޮށް ފައިނަލްގެ ފުރަތަަމަ ޖާގަ ޖޭޖޭ ސްޕޯޓްސް ކުލަބުން ހޯދައިފި

ހަސަން ޝަމްއޫން

logo

4/3/2024, 12:46:34 AM

# ބީޖީ ފުޓްސަލް ޗެލެންޖު 2024

ޖޭޖޭ ސްޕޯޓްސް ކުލަބާއި އެފްސީ ކާމްސް ވާދަކުރި މެޗުގެ ތެރެއިިން

މިހާރު ކުރިއަށްދާ ބީޖީ ފުޓްސަލް ޗެލެންޖު 2024 ގެ ސެމީ ފައިނަލު ފުރަތަަމަ މެޗުގައި އަންގާރަދުވަހުގެ ރޭ 5-2 ގެ ނަތީޖާއަކުން އެފްސީ ކާމްސް ބަަލިކޮށް މުބާރާތްގެ ފައިނަލުން ޖޭޖޭ ސްޕޯޓްސް ކުލަބު ޖާގަ ހޯދައިފިއެވެ.

ގޮސިޔާ

ޖޭޖޭ ސްޕޯޓްސް ކުލަބު މުބާރާތުގެ ސެމީފައިނަލްގެ ޖާގައެއް ހޯދީ ކުއާޓާ ފައިނަލްގައި އެފްސީ ކާމްސް ބްލޫ 2-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި އެފްސީ ކާމްސް އިން މުބާރާތްގެ ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި 2-1 ގެ ނަތީޖާއަކުން ޒެފަރސް ސްޕޯޓްސް ކުލަބު ބަލިކުރުމަށްފަހު އެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އެފްސީ ކާމްސް އިންނެވެ. ނަމަވެސް ފުރަތަަމަ ހާފު ނިމުމުގެ ކުރިން ޖޭޖޭ ސްޕޯޓްސް ކުލަބުން ވަނީ ދެލަނޑު ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ޖޭޖޭ ސްޕޯޓްސް ކުލަބު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ޖޭޖޭ ސްޕޯޓްސް ކުލަބުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައިި އެޓީމުން އިތުރު ތިން ލަނޑު ކާމިޔާބުކުރިއިރު، އެފްސީ ކާމްސް އަށް މިހާފުގައި ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ.

މިމެޗުގައި ޖޭޖޭ ސްޕޯޓްސް ކުލަބުގެ ހުސެއިން ސަވީލް ދެލަނޑު ކާމިޔާބު ކުރި އިރު، އެޓީމުގެ އިސްމާއިލް އީސާ، މުހައްމަދު އިމްރާން އަދި ނިޝާމް މުހައްމަދު މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މިމެޗުގައި އެފްސީ ކާމްސް އިން ކާމިޔާބުކުރި ދެލަނޑު ވެސް ކާމިޔާބުކޮށްދިނީ އެޓީމުގެ އިބްރާހިމް އަތީގު އެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ޖޭޖޭ ސްޕޯޓްސް ކުލަބުގެ އަބްދުﷲ ސަމީހް މޫސާ އެވެ.

މުބާރާތުގެ ފައިނަލްގައި މިމަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ޖޭޖޭ ސްޕޯޓްސް ކުލަބުން ނުކުންނާނީ ރޭ ކުޅެވުނު ސެމީފައިނަލްގެ ދެވަނަ މެޗުގައި ފަސޭހަކަމާއި އެކު 6-0 ގެ ނަތީޖާއަކުން ޔޫއެން ފްރެންޑްސް އަތުން މޮޅުވި އާރުޑީއެލް ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ.

7 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޖީ ފުޓްސަލް ޗެލެންޖު މިއަހަރު އަލުން ފެށިގެން ކުރިއަށްދާއިރު، މިއަހަރުގެ މުބާރާތުގައި ޖުމުލަ 32 ޓީމެއް ވަނީ ބައިވެރިވެފައެވެ.

ޗެންޕިއަން ޓީމަށް 40,000 އަދި ރަނަރަޕް ޓީމަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުގެ ރޭ 22:00 ގައެވެެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ