logoEN
cocacola
ފުރިހަމަ މުއުމިނަކު، ރަމަޟާން މަސް ނިމުނަސް ހެޔޮޢަމަލު ކުރުމަކަށް އަލްވަދާޢު ނުކިޔާނެ - ޚުތުބާ

ފުރިހަމަ މުއުމިނަކު، ރަމަޟާން މަސް ނިމުނަސް ހެޔޮޢަމަލު ކުރުމަކަށް އަލްވަދާޢު ނުކިޔާނެ - ޚުތުބާ

އަލްފާ އަލީ

logo

4/5/2024, 8:05:00 AM

# ހުތުބާ

-

މުއުމިނުންނަކީ، ވަކި މަހެއްގައި، ވަކި މޫސުމެއްގައި، ﷲ އަށް އަޅުކަން ކުރަން ޖެހޭ ބައެއްނޫން ކަމަށާއި، އެއީ މުޅި ހަޔާތުގައިވެސް މާތް ﷲ އަށް އަޅުކަން ކުރަން ޖެހޭ ބައެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

ގޮސިޔާ

މިއަދުގެ ހުކުރު ޚުތުބާ ހާއްސަކޮށްފައިވާ މައުޟޫއަކީ "ރަމަޟާން މަހަށްފަހު ހެޔޮޢަމަލު ކުރުންމަތީ ދެމިތިބޭށެވެ" އެވެ.

ޚުތުބާގައި ބުނެފައިވަނީ ރަމަޟާން މަސް އަހުރެމެންނާ އަލްވަދާޢު ކިޔަނީ ކަމަށާއި، އެހެންނަމަވެސް ފުރިހަމަ މުއުމިނަކު ދުވަހަކުވެސް ހެޔޮ އަމަލުކުރުމަށް އަލްވަދާއު ނުކިޔާނެ ކަމަށެވެ.

މަރު ބައްދަލުކޮށްފުމަށް ދާންދެން އަހަރުމެންނަށް އޮތީ ހެޔޮއަމަލު ކުރުންމަތީ ދެމި ތިބުމެވެ.

"ރަމަޟާންމަހުގެ ވެރި الله އަކީ، އެހެނިހެން މަސްތަކުގެވެސް ވެރި الله އެވެ. މުއުމިނުންނަކީ، ވަކި މަހެއްގައި، ވަކި މޫސުމެއްގައި، ﷲ އަށް އަޅުކަން ކުރަން ޖެހޭ ބައެއްނޫނެވެ. މުޅި ޙަޔާތުގައި ވެސް އަޅުކަން ކުރަންޖެހޭނެއެވެ. ބައެއް މޫސުންތަކުގައި އަޅުކަން ކުރުން ގިނަވެއެވެ. ރަމަޟާން މަހަކީ އެފަދަ މޫސުމެކެވެ. އެއީ އެ މޫސުމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށެވެ" - ޚުތުބާ

މުސްލިމަކު ހެޔޮ ޢަމަލެއް ކުރުމަށް ފަހު، އެންމެ މުހިންމު ކަމަކީ، އެ ޢަމަލު ޤަބޫލުކުރައްވާތޯ ދެންނެވުމާއި، އެ ޢަމަލުކުރުންމަތީ ދެމިހުރުމުގެ ތައުފީޤަށް އެދި ދުޢާ ދެންނެވުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މި ރަމަޟާން މަސް އަހަރުމެންނާ ވަކިވެގެން ދަނީ ޝައްވާލް މަހުގެ ހަ ރޯދައިގެ ނިޢުމަތަށް ފަހިކޮށްދީފައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ދީލަތިވަންތަ ﷲ ދެއްވި މި ނިޢުމަތުގެ ބޭނުން ހިފައި މުޅި އަހަރު ދުވަހު ރޯދަހިފިކަމުގެ ޘަވާބު ލިބިގަތުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

ނިމިގެންމިދާ ރަމަޟާންމަހު ތިބާގެ ޢަމަލުތައް ހުރިގޮތާމެދު ވިސްނާލާށެވެ! ޤަވާއިދުން ފަރުޟު ފަސްނަމާދު އަދާކުރެވުނު ނަމަ އެ ނަމާދުތައް ކުރުން ރަމަޟާންމަހަށް ފަހުގައި ވެސް ދަމަހައްޓާށެވެ! ކޮންމެ ދުވަހަކު ޤުރްއާނުން ޞަފްޙާއެއް ނަމަވެސް ކިޔެވޭތޯ ބަލާށެވެ!

ކުރިން ކުރެވިފައިވާ ހެޔޮޢަމަލުތަކަކީ، ގިނަގުނަ ޢަމަލުތަކެއް ކަމުގައި، އަހަރެމެން ދެކިގެންނުވާނެއެވެ. އެހެނީ ކުރެވުނު ހެޔޮ ޢަމަލުތަކަށްޓަކާ ބޮޑާވެ، އެއީ މާގިނަ ހެޔޮ ޢަމަލުތަކެއް ކަމުގައި ދެކޭނަމަ، އެ ޢަމަލުތައް ބާޠިލުވެދާނެ ކަމަށް ޚުތުބާގައިވަނީ ބުނެފައެވެ.

އެހެންކަމުން އަހަރުމެންގެ އަބަދުވެސް މަސައްކަތް ކުރަންވީ ހެޔޮއަމަލުކުރުން މަތީ މުޅި ހަޔާތް ހޭދަކޮށް ސުވަރުގެއަކީ އަހަރުމެންގެ މަންޒިލްކަމުގައި ހެދުމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ