logoEN
cocacola
ކޯލް ޕަލްމާގެ ހެޓްރިކާއެކު 2020 ގެ ފަހުން  ފުރަތަަމަ ފަހަރަށް  ޗެލްސީ އަތުން ޔުނައިޓެޑް ބަލިވެއްޖެ

ކޯލް ޕަލްމާގެ ހެޓްރިކާއެކު 2020 ގެ ފަހުން ފުރަތަަމަ ފަހަރަށް ޗެލްސީ އަތުން ޔުނައިޓެޑް ބަލިވެއްޖެ

ހަސަން ޝަމްއޫން

logo

4/4/2024, 11:23:53 PM

# އިނގިރޭސި ޕްރެމިއާ ލީގު# ބޭރު ދުނިޔޭގެ ކުޅިވަރު# މެންޗެސްޓާ ޔުނައިޓެޑް # ޗެލްސީ

ކޯލް ޕަލްމާ (ކ) ޔުނައިޓެޑް ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ

އިގިރޭސި ޕްރެމިއާ ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ އަމިއްލަ މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރި 2 ލަނޑާއެކު 4-3 ގެ ނަތީޖާއަކުން މޮޅުވެ 2020 ވަނަ އަހަރަށް ފަހު ފުރަތަަމަ ފަހަރަށް ޗެލްސީ އިން ޔުނައިޓެޑް ބަލިކޮށްފި އެވެ.

ގޮސިޔާ

މިދެޓީމު އެންމެ ފަހުން ކުޅުނު 7 މެޗުގެ ތެރެއިިން ފަސް މެޗު އެއްވަރުވެފައި ވާއިރު، އަނެއް ދެމެޗުން މޮޅުވެފައި ވަނީ މެންޗެސްޓާ ޔުނައިޓެޑެވެ. އަދި ޗެލްސީ އަށް އެންމެ ފަހުން ޔުނައިޓެޑް ބަލިކުރެވިފައި ވަނީ 2020 ވަނަ އަހަރުގެ ޖުލައިމަހުގެ 19 ވަނަ ދުވަހު އެވެ. އެމެޗު ޗެލްސީ އިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ޗެލްސީ އިންނެވެ. މިލަނޑު މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިގިރޭސި މިޑްފީލްޑަރު ކޯނޯ ގަލެގާރ އެވެ.

ޗެލްސީ އިން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ކޯލް ޕަލްމާ އެވެ. މިއީ ޔުނައިޓެޑްގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ބްރެޒިލް ފޯވާޑް އެންތަނީ ޗެލްސީގެ ޑިފެންޑަރު މާކް ކުކުރެލާއަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ އެޓީމަށް ދިން ޕެނަލްޓީއެކެވެ.

މެންޗެސްޓާ ޔުނައިޓެޑުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް އަލްޖެންޑްރޯ ގަނާޗޯ އެވެ. މިއީ ޗެލްސީގެ އެކުއެޑޯ މިޑްފީލްޑަރު މޮއިސަސް ސަސެއިޑޯ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި ޔުނައިޓެޑުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް އެވެ.

މިއީ އެޓީމުގެ ޕޯޗުގަލް ޑިފެންޑަރު ޑިއޭގޯ ޑަލޮޓް އަރިމަތިން ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑާއެކު 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެ މެޗު ނިމެން ދަނިކޮށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދުމަށް އެޓީމުގެ މިޑްފިލްޑަރު ކޯނޯ ގަލެގާރ އަށް ވަނީ ވަރަށް ހުސް ފުރުސަތެއް އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު ވަރުގަދަކޮށް ފެށީ މެންޗެސްޓާ ޔުނައިޓެޑުން ނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ފުރަތަަމަ ފަހަރަށް މިމެޗުގައި ލީޑު ހޯދާފައެވެ. މިލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް އަލްޖެންޑްރޯ ގަނާޗޯ އެވެ.

މިލަނޑާއެކު ޔުނައިޓެޑް ކުރީގައި އޮވެގެން މެޗު ނިމެން ދަނިކޮށް އިތުރު ވަގުތުގެ ގޮތުގައި ދެއްކި 8 މިނެޓްގެ ތެރެއިން 7 ވަނަ މިނެޓުގައި ޗެލްސީއަށް ލިބުނު ޕެނަލްޓީއަކުން އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ ޒުވާން މިޑްފީލްޑަރު ކޯލް ޕަލްމާ އެވެ. އަދި އިތުރު ވަގުތުގެ އެންމެ ފަހު މިނެޓްގައި އެންޒޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕަލްމާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-3 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 29 މެޗުން ޗެލްސީއަށް 43 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 10 ވަނައިގައެވެ. އަދި

މިމެޗުން ބަލިވި މެންޗެސްޓާ ޔުނައިޓެޑަށް 30 މެޗުން 48 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ހަ ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ