logoEN
cocacola
މޯލްޑިވިއަންގެ ތުރޫފެއާސް ތައާރަފްކޮށް، ޑޮމެސްޓިކް ނެޓްވޯކް ބައިނަލްއަގުވާމީ 3 މަންޒިލަކާއި ގުޅުވާލައިފި

މޯލްޑިވިއަންގެ ތުރޫފެއާސް ތައާރަފްކޮށް، ޑޮމެސްޓިކް ނެޓްވޯކް ބައިނަލްއަގުވާމީ 3 މަންޒިލަކާއި ގުޅުވާލައިފި

އަހުމަދު ޝުރާއު

logo

4/4/2024, 6:12:42 PM

# މޯލްޑިވިއަން

މޯލްޑިވިއަން ތްރޫފެއާ

ރާއްޖެއިން ބޭރުގެ 3 މަންޒިލަކަށް ސީދާ ޑޮމެސްޓިކް އެއާޕޯޓުން އެއް ޓިކެޓެއްގައި ދަތުރުކުރެވޭ ތްރޫފެއާސް ގައުމީ އެއާލައިން މޯލްޑިވިއަންއިން ތައާރަފްކޮށްފި އެވެ.

ގޮސިޔާ

މޯލްޑިވިއަން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ 16 ޑޮމެސްޓިކް އެއާޕޯޓުން ބައިނަލަގްވާމީ ތިން މަންޒިލަކާއި މިއަދު ގުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ތްރޫފެއާސްގެ ހިދުމަތާއި އެކު ކުރިން މޯލްޑިވިއަންއިން ދަތުރުކުރަމުން އަންނަ މަންޒިލުތަކަށް ވަކި ވަކިން ކަނެކްޓިންގ ބުކިންތައް ހަދަމުން އައި ހެދުން ހުއްޓި އެއް ބުކިންގ އެއްގައި ޑޮމެސްޓިކް އެއާޕޯޓާއި ބައިނަލަގްވާމީ މަންޒިލާއި ގުޅުވާލެވިގެންދާނެކަން މޯލްޑިވިއަންއިން ބުނެއެވެ.

އެގޮތުން ތްރޫފެއާސްގެ ހިދުމަތް ފަށާފައިވަނީ ޑާކާއާއި ބެންގަލޫރު އަދި ކޮލަމްބޯ އަށެވެ މޯލްޑީވިއަންއިން ބުނީ އެއާލައިނުން ދަތުރުކުރަމުން އަންނަ ކޮޗިންއާއި ޓްރެވިންޑްރަމްވެސް ދާދި އަވަހަށް މި ހިދުމަތުގެ ތެރެއަށް ހިމެނިގެންދާނެ ކަމަށެވެ.

View post on Twitter

މި ހިދުމަތް ފެށުމާއި އެކު ޕަސެންޖަރުންނަށް ހިދުމަތް ދިނުމަށާއި ޕަސެންޖަރުންނަށް އެކުންފުނިން ދޭ ހިދުމަތްތަކަށްވެސް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަން މޯލްޑިވިއަންއިން ހާމަކުރެއެވެ.

މޯލްޑިވިއަންއިން އިތުރަށް ބުނީ މި ހިދުމަތުގެ ބޭނުންކުރާ ފަސިންޖަރުންނަށް ޓިކެޓުން 5 އިންސައްތަ ޑިސްކައުންޓް ލިބިގެންދާނެ ކަމަށާއި އެތެރޭގެ އުދުހުމުގައި އާއި ބައިނަލްގާވަމީ އުދުހުމުގައިވެސް އެއްވަރަކަށް ބަގެޖް އެލަވަންސް ލިބިގެންދާނެ ކަމަށެވެ

މި ހިދުމަތް އެކުންފުނީގެ ޓިކެޓިންގ އޮފީސްތަކުންނާއި ސޭލްސް އޮފީސްތަކުންގެ އިތުރުން މޯބައިލް އެޕްލިކޭޝަން އަދި ވެބްސައިޓުންވެސް ލިބިލައްވާނެ ކަމަށް މޯލްޑިވިއަންއިން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ