logoEN
cocacola
ސައުތު ކަނެކްޓިވިޓީ: މޯލްޑިވިއަން އިން ގަމާއި ކޫއްޑޫއާ ދެމެދު ދަތުރުތައް ފަށަނީ

ސައުތު ކަނެކްޓިވިޓީ: މޯލްޑިވިއަން އިން ގަމާއި ކޫއްޑޫއާ ދެމެދު ދަތުރުތައް ފަށަނީ

# މޯލްޑިވިއަން

--

ގައުމީ އެއަރލައިން މޯލްޑިވިއަން އިން ގަމާއި ކޫއްޑޫއާ ދެމެދު ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.

ގޮސިޔާ

"ސައުތު ކަނެކްޓިވިޓީ" އިނިޝިއޭޓިވްގެ ދަށުން މޯލްޑިވިއަން އިން ވަނީ އާ ޑޮމެސްޓިކް ރޫޓެއް ތައާރަފްކޮށްފައެވެ. އޮކްޓޯބަރ 29 ވަނަ ދުވަހުން ފެށިގެން ހަފްތާއަށް ދެ ދުވަހު މި ދަތުރުތައް ބޭއްވުމަށް މޯލްޑިވިއަން އިން ވަނީ ނިންމާފައެވެ.

ކޮންމެ ހަފްތާއެއްގެވެސް އަންގާރަ އަދި ހޮނިހިރު ދުވަހު އޮންނަ މި ދަތުރުތަކަށް މިހާރުވެސް ޓިކެޓް ބުކް ކުރެވޭނެ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް އާއި ހުވަދުއަތޮޅު ކޫއްޑޫ އެއާޕޯޓް އާ ދެމެދު ދޭ މި ޚިދުމަތުގެ ސަބަބުން ސްރީލަންކަން އެއާލައިންސްއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ ފަތުރުވެރިންނަށް 2,100އަށް ވުރެ ގިނަ އެނދު ހިމެނޭ ގއ. އާއި ގދ. އަތޮޅުގެ ރިސޯޓުތަކާއި ގެސްޓް ހައުސްތަކަށް ސީދާ ދިއުމުގެ މަގު ފަހިވެގެން ދާނެ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

މީގެ އިތުރުންވެސް މި ދަތުރުތަކުގެ ސަބަބުން ދެކުނު ސަރަހައްދުގެ އިމްޕޯޓް/އެކްސްޕޯޓް ވިޔަފާރިތަކަށް އިތުރު އެހީތެރިކަމަކަށް ވެގެންދާނެ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

"ސައުތު ކަނެކްޓިވިޓީ"އަކީ ދިވެހި ސަރުކާރުން އިސްނަންގަވައިގެން، ރާއްޖޭގެ ދެކުނުގެ ސަރަހައްދުގެ ތަރައްގީއަށް އެހީތެރިވެދިނުމަށް ޓަކައި، މޯލްޑިވިއަންއާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަދި މިނިސްޓްރީ އޮފް ޓޫރިޒަމާ ގުޅިގެން، ފަތުރުވެރިކަން އިތުރަށް ގުޅުވައިދީ، ވިޔަފާރީގެ ގުޅުންތައް ފޯރުކޮށްދިނުމަށް ހިންގާ ހަރަކާތެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ