logoEN
cocacola
އިތުރަށް އެއްމެޗު ކުޅެ ވަގުތީގޮތުން އާސެނަލް އެއްވަނައަށް

އިތުރަށް އެއްމެޗު ކުޅެ ވަގުތީގޮތުން އާސެނަލް އެއްވަނައަށް

ހަސަން ޝަމްއޫން

logo

4/4/2024, 1:53:55 AM

# އިނގިރޭސި ޕްރެމިއާ ލީގު# ލޫޓަން # އާސެނަލް # ބޭރު ދުނިޔޭގެ ކުޅިވަރު

އާސެނަލް އާއި ލޫޓަން ވާދަކުރި މެޗުގެ ތެރެއިިން އެޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑް ބޯޅައާއެކު ކުރިއަށް ދަނީ..

އިގިރޭސި ޕްރެމިއާ ލީގުގައި ބުދަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ލޫޓަން އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އިތުރަށް އެއްމެޗު ކުޅެ ވަގުތީގޮތުން އާސެނަލް ލީގު ތާވަލްގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ގޮސިޔާ

މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ އާސެނަލް އިން މެޗު ޑޮމިނޭޓުކުރި އިރު މި ހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

އެގޮތުން ފުރަތަަމަ ހާފުގެ 24 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މާޓިން އޮޑެގާޑް އެވެ. މިއީ އެޓީމުގެ ޖަރުމަނު ފޯވާޑް ކައި ހާވަޓްޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން ފުރަތަަމަ ހާފުގެ 41 ވަނަ މިނެޓުގައި ކައި ހާވަޓްޒް އަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ބާރު ހަމަލާ ލޫޓަންގެ ބެލްޖިއަމް ކީޕަރު ތޯމަސް ކަމިނިސްކީ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން އާސެނަލް އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްފައެވެ.

މިލަނޑަކީ ލޫޓަންގެ ޖަޕާން ޑިފެންޑަރު ޑައިކީ ހަޝިއޯކާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 30 މެޗުން އާސެނަލް އަށް 68 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ލޫޓަން އިން ލީގުގައި ކުޅުނު 31 މެޗުން ލިބުނު 22 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 18 ވަނައިގައެވެ.

މީގެ އިތުރުން މިއީ ލީގުގައި އާސެނަލް އިން އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިިން އެޓީމު މޮޅުވި 9 ވަނަ މެޗެވެ. އަދި އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. އަދި މިއީ ލީގުގައި އެންމެ ފަހުން ލޫޓަން ކުޅުނު 10 މެޗުގެ ތެރެއިިން އެޓީމު ބަލިވި 7 ވަނަ މެޗެވެ. އަނެއް ތިން މެޗު ނިމިފައި ވަނީ އެއްވަރުވެގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ