
ޓައިވާނަށް އައި ބިންހެލުމާ ގުޅިގެން ފިލިޕީންސަށްވެސް ސުނާމީގެ އިންޒާރު
# ބިންހެލުން# ޓައިވާން# ފިލިޕީންސް.
ޓައިވާނަށް އައި ބިންހެލުމާ ގުޅިގެން ފިލިޕީންސުން ސުނާމީގެ އިންޒާރު ދީ، އައްސޭރިފަށުގެ ސަރަހައްދުތަކުން މީހުން ހުސްކުރަން އަންގައިފިއެވެ.

ފިލިޕީންސަށް ސުނާމީގެ އިންޒާރު ދީފައިވަނީ ފަތިހުގެ ވަގުތެއްގައި ޓައިވާނަށް އައި ބިންހެލުމާއި ގުޅިގެންނެވެ. 7.4 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމާ ގުޅިގެން ޓައިވާން އަދި ޖަޕާނަށްވެސް ވަނީ ސުނާމީގެ އިންޒާރު ނެރެފައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ސުނާމީގެ ފުރަތަމަ ރާޅު ފިލިޕީންސްގެ އައްސޭރިފަށަށް ފޯރާނެ ކަމަށް ބެލެވެނީ މިއަދު ހެނދުނު 08:33 އެހާކަންހާއިރުއެވެ. މި ބިންހެލުމުގެ ސަބަބުން އުފެދުނު ސުނާމީގައި 3 މީޓަރު ހުންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެގޮތުން ބަޓަނޭސް ގްރޫޕް އޮފް އައިލެންޑްސް، ކަގަޔަން، އިލޮކޯސް ނޯޓޭ އަދި އިޒަބެލާ ޕްރޮވިންސްގެ އައްސޭރިފަށުގެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން މިހާރުން މިހާރަށް އުސް ބިންތަކަށް ހުސްކުރުމަށް ނުވަތަ އިތުރަށް އެތެރޭގެ ސަރަހައްދަށް ދިއުމަށް ވަރަށް ބޮޑަށް އިލްތިމާސްކުރާ ކަމަށް ފިލިޕީންސް އިން ނެރުނު އެޑްވައިޒަރީގައި ވެ އެވެ.
އަދި ބަނދަރުތަކާއި މޫދުގައި ނުވަތަ ގޮނޑުދޮށުގައި ތިބި ބޯޓުފަހަރުގެ ވެރިފަރާތްތައް ވެސް ބޯޓުތައް ރައްކާތެރިކޮށް އެސަަރަހައްދުން ދުރަށް ދިއުމަށް ވަނީ އަންގާފަ އެވެ. އަދި މިހާރުވެސް ކަނޑުމަތީގައި ނިކުމެ އުޅޭ ބޯޓުތައް ވަކި ގޮތެއް އަންގަންދެން މަޑުކުރަން ޖެހޭނެ ކަމަށް އެ އެޑްވައިޒަރީގައި ވެ އެވެ.
ފަހުގެ

ފޭސް 2 ގެ އެމްއޭސީއެލް، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ އަދި އެސްޓީއޯ ޓަވަރުތަކުން މާދަމާ އެއް ގަޑިއިރަށް ކަރަންޓުކެނޑޭނެ - ސްޓެލްކޯ

އެމްޓީސީސީގެ ހައުސިންގ ޕްރޮޖެކްޓު ކޮރަޕްޝަނާއި ގުޅިގެން ކުރީގެ ސީއީއޯ ޝާހު ހިމެނޭހެން 5 މީހެއްގެ މައްޗަށް ދައުވާކުރަނީ

ޔަހޫދީން ޚާން ޔޫނުސްގެ ރެފިއުޖީ ކޭމްޕަކަށް ބޮން އެޅުމާއިއެކު ޓެންޓުތަކުގެ ރޯވެ އަނދަނީ: ކުޑަކުއްޖަކުވެސް ޝަހީދުވެއްޖެ

މުލަކު ދަނޑު ތަރައްޤީ ކުރީ މުލަކުގެ ޒުވާނުން އެދުނު ގޮތަށް: ރާފިޢު
މޯލްޑިވްސް އެކްސްޕޯ 2025: މުނިފޫހިފިލުވުމުގެ ފަންނުވެރީންނަށް ބައިވެރިވުމުގެ ފުރުސަތު!
