
ވިޓޯލް ބަންކާސް މެޕުގައި ރާއްޖެ
ބަންކަރިންގެ ޚިދުމަތަށް ޚާއްސަ މެޕުގައި ރާއްޖެ ހިމަނައިފިއެވެ.

މިކަން ހާމަކުރެއްވީ ރާއްޖޭގެ އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު އެވެ. އެގޮތުން ސައީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ، ބަންކަރިންގެ ޚިދުމަތަށް ޚާއްސަ ކުރެވިފައިވާ މެޕުގައި ރާއްޖެ ހިމެނިފައިވާ ކަން ފާހަގަކުރައްވައި ދުނިޔެއަށް މަޝްހޫރު ވިޓޯލް ބަންކާސް މެޕުގައި ރާއްޖެ ހިމެނިފައިވާތަން ހާމަވާ ފޮޓޯއެއް ހިއްސާ ކުރައްވާފައެވެ.
ވިޓޯލް ބަންކާސް މެޕަކީ ރާއްޖޭައި ބަންކަރިންގ ހިދުމަތް ފެށުމަށް ހަވާލުކުރެވުނު ވިޓޯލް ކުންފުނިން ބަލަހައްޓާ މެޕެކެވެ.
އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން މަޝްރޫއެއް ހިންގަން އެސްޓީއޯއިން ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލްއާ އެކު ޓާމް ޝީޓެއްގައި ސޮއިކުރީ މިދިޔަ މާޗު މަހުގައި އެވެ.
ބަންކަރިން ޚިދުމަތަކީ ކަނޑު ބޯޓުތަކާއި އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމެވެ.
ރާއްޖޭގައި ބަންކަރިންގ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ އިހަވަންދިއްޕޮޅުގައި މި ސަރުކާރުން ޤާއިމްކުރުމަށް ނިންމާފައިވާ ޚާއްސަ އިޤުތިޞާދީ މަޝްރޫޢު ކުރިއަށްގެންދަނީ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" ގައި އެވެ.
މި މަޝްރޫޢު ހިންގަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންގެ ނަމުގައި ކުންފުންޏެއް އުފައްދައިގެން، އެ ކުންފުނީގެ ބެލުމުގެ ދަށުންނެވެ. މި ކުންފުނީގެ ދަށުގައި ސަރުކާރު ހިއްސާވާ 5 ކުންފުންޏެއް ހިމެނެއެވެ.
ގުޅުންހުރި

ޕޭޕަލް ރާއްޖެ ގެނެވޭގޮތް ވުމަކީ އީޖާދީ ޑިޖިޓަލް މާލީ މާޙައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް!
ރާއްޖޭގައި އިންވެސްޓްކުރުމަށް އަލަށް އެކުލަވާލި އުސޫލުން ދިވެހީންނަށް ފަހި އިޤްތިޞާދީ ފުރުޞަތުތަކެއް!

ކުޅުދުއްފުށީގައި ފަންނުވެރި އެކިމަސައްކަތްކުރާ ބައެއް ފަރާތްތަކާއި ވިޔަފާރިވެރިންނާއި މިނިސްޓަރު ސައީދު ބައްދަލުކުރައްވައިފި





