
ހަމަލާތަކުގައި މިހާތަނަށް 6050 ދަރިވަރުން ޝަހީދުވެފައިވޭ - ފަލަސްތީނުގެ ތައުލީމާއިބެހޭ ވުޒާރާ!
# ޣައްޒާޣައްޒާގެ ހާލަތު
ޔަހޫދީން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާއަށާއި ހުޅަނގު އައްސޭރީގައި ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 6000 އަށްވުރެ ގިނަ ދަރިވަރުން ޝަހީދުވެފައިވާކަމަށް ފަލަސްތީނުގެ ތައުލީމާއި ބެހޭ ވުޒާރާއިން ބުނެފި އެވެ.

އެވިޒާރާއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފަލަސްތީނުން މިހާތަނަށް 6050 ދަރިވަރުން ވަނީ ޝަހީދުވެފައި އެވެ.
މީގެ އިތުރުން އެވުޒާރާއިން ބުނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހިފާފައިވާ ހުޅަނގު އައްސޭރި އާއި ޣައްޒާގައި އިތުރު 10،219 ދަރިވަރުން ޒަޚަމްވެފައިވާ ކަމަށެވެ.
އެވުޒާރާއިން ބުނި ގޮތުގައި 5،994 ދަރިވަރުން ޝަހީދުވެފައިވަނީ ޣައްޒާގައި ކަމަށާއި ބާކީ ތިބި 56 ކުދިން ޝަހީދުވެފައިވަނީ ހުޅަނގު އައްސޭރީގައި ކަމަށެވެ.
މީގެ އިތުރުން އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ހިފާފައިވާ ހުޅަނގު އައްސޭރީގައި 105 ދަރިވަރަކު ޔަހޫދީންގެ ހައްޔަރުގައި ތިބި ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.
ޔަހޫދީން ޣައްޒާއާއި ހުޅަނގު އައްސޭރިއަށް ހުއްޓުމެއް ނެޔި ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 35,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައި އެވެ.
ގުޅުންހުރި

ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 63،000 އިން މައްޗަށް!

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހައިހޫނުކަމުގައި ޣައްޒާއިން 11 މަރު!

ޔަހޫދީން ހަމަލާތައް ހުއްޓާނުލައިފި ނަމަ އިނގިރޭސިވިލާތުން ފަލަސްތީނު ދައުލަތް ރަސްމީކޮށް ބަލައިގަންނާނެކަން ހާމަކޮށްފި
