logoEN
cocacola
ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި, އެކަކު ސީރިއަސް ހާލަތުގައި

ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި, އެކަކު ސީރިއަސް ހާލަތުގައި

އަލްފާ އަލީ

logo

4/2/2024, 7:59:17 AM

# ފުވައްމުލައް ސިޓީ# ފުލުހުން# އެކްސިޑެންޓް

ފުވައްމުލައް ސިޓީ ---

ފުވައްމުލައް ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކަށް ސީރިއަށް އަނިޔާތަކެއް ލިބިއްޖެ އެވެ.

ގޮސިޔާ

ފުލުހުން ވިދާޅުވީ، ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓް ރޭ 23:45 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.މިއީ ސައިކަލެއް ކޮންޓްރޯލް ނުވެ، ކަފިހި ހުރަސް ޕޯސްޓް ދަނޑިއެއްގައި ޖެހިގެން ހިނގި އެކްސިޑެންޓެއް ކަމަށް ފުލުހުން ވިދާޅުވި އެވެ.

މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާއަށް ވަރަށް ބޮޑަށް ވަނީ އަނިޔާވެފައެވެ. ފަރުވާއަށް ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔުމަށްފަހު ރޭ ފަތިހު ވަގުތެއްގައި އޭނާ ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ.

މި އެކސްިޑެންޓުގައި އަނިޔާވެފައިވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ