
އެމް-ފައިސާ މެދުވެރިކޮށް ދުނިޔޭގެ އެކި ހިސާބުތަކަށް މިހާރު ފައިސާ ފޮނުވޭނެ
# އުރީދޫ މޯލްޑިވްސް# އެމް-ފައިސާ# މަނީ ގްރާމްއުރީދޫއާއި މަނީގްރާމް އާއެކު ޕާޓްނާޝިޕް އެކުލަވާލުން -- ފޮޓޯ| އުރީދޫ
އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް ދުނިޔޭގެ އެކި ހިސާބުތަކަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ފަށައިފިއެވެ.

މިއީ އުރީދޫގެ އެމް-ފައިސާ އާއި މަނީގްރާމް އިންޓަރނޭޝަނަލާއެކު ވެފައިވާ ޕާޓްނާޝިޕް އެއްގެ ދަށުން ފެށި ހިދުމަތެކެވެ.
މަނީގްރާމް އިންޓަރނޭޝަނަލް އަކީ ދުނިޔޭގެ އެކި ހިސާބުތަކަށް ފައިސާ ފޮނުވައިދިނުމުގެ ތަޖުރިބާކާރު ކުންފުންޏެކެވެ. އުރީދޫއިން ބުނީ މި ޕާޓްނަރޝިޕާއެކު ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުން ދުނިޔޭގެ އެކި ހިސާބުތަކަށް ފަސޭހަ ކަމާއެކު ފައިސާ ފޮނުވުމުގެ މަގު މިހާރު ފަހިވެފައިވާ ކަމަށެވެ. އަދި އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ދުނިޔޭގެ އެކި ހިސާބުގައި ދިރިއުޅެމުންދާ އާއިލާ އަދި ރައްޓެހިންގެ ބެންކު އެކައުންޓް، މޮބައިލް ވޮލެޓު ނުވަތަ މަނީގްރާމްގެ އޭޖަންޓެއް މެދުވެރިކޮށް ނަގުދު ފައިސާ ނެގޭގޮތަށް ފޮނުވިދާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
އުރީދޫގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޚާލިދް އަލް- ހަމާދީ ވިދާޅުވީ، މިއީ ދިވެހިންނާއި، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި، ވިޔަފާރިވެރިން އަދި ދުނިޔޭގެ އެކި ހިސާބުގައި އުޅޭ ދިވެހި ކިޔަވާ ކުދިންނަށް އަވަސް، ފަސޭހަ އަދި ރައްކާތެރި ޚިދުމަތެއް ކަމަށެވެ. އަދި ރާއްޖޭގައި ޑިޖިޓަލް މާލީ ހިދުމަތްތައް ކުރިއަރުވައި، މި ހިދުމަތްތަކަކީ އެންމެނަށް ފަސޭހަ ކަމާއެކު ލިބޭ ހިދުމަތްތަކަށް ހެދުމަށް އަބަދުވެސް އުރީދޫން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ޕާޓްނާޝިޕާއެކު ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުން، ފައިސާ ލިބޭ ފަރާތް ދިރިއުޅެމުންދާ ގައުމުގައި ލިބޭ ހިދުމަތަށް ރިއާޔަތްކޮށް، ރާއްޖެއިން ބޭރުގެ އެކި ހިސާބުތަކަށް ފަސޭހަ ކަމާއެކު ފައިސާ ފޮނުވުމުގެ މަގު ފަހިވެއްޖެ ކަމަށާއި އުރީދޫގެ ކަސްޓަމަރުންނަށް ދުނިޔޭގެ އެކި ހިސާބުގައި ދިރިއުޅެމުންދާ އާއިލާ އަދި ރައްޓެހިންގެ ބެންކު އެކައުންޓް، މޮބައިލް ވޮލެޓު ނުވަތަ މަނީގްރާމްގެ އޭޖަންޓެއް މެދުވެރިކޮށް ނަގުދު ފައިސާ ނެގޭ ގޮތަށް ފޮނުވިދާނެ ކަމަށް އުރީދޫއިން ބުނެއެވެ.
މަނީގްރާމް އިންޓާނޭޝަނަލް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފައިސާ ފޮނުވައިދީ ގުޅުވައިދިނުމުގައި ތަޖުރިބާކާރު ކުންފުންޏެކެވެ. އަދި ފިންޓެކް އިނޮވޭޝަންގައި ވަރުގަދަ، ކަސްޓަމަރުންނާ ގާތުން މަސައްކަތްކުރަމުންދާ ކުންފުންޏެކެވެ.
ގުޅުންހުރި

16 ޓީމާއެކު އުރީދޫ ނޭޝަން އިންޓަރ-ރިސޯޓު ޗެމްޕިއަންޝިޕް ހުކުރު ދުވަހު ފަށަނީ

އެއަރ އެމްބިއުލާންސް ގެ ޚިދުމަތް ފުޅާކުރުމަށް 16 މިލިއަން ރުފިޔާގެ ތަކެތި އުރީދޫން ހަދިޔާކޮށްފި

އުރީދޫއިން ތިނަދޫ ސިޓީގައި ބޭއްވި މަސްރޭހުގެ އެއްވަނަ ބްލެކް އޭންޓް ފިޝިން އަށް!
