logoEN
cocacola
ގާފު ރެސިޕީ: ކަރާ ސްމޫތީ

ގާފު ރެސިޕީ: ކަރާ ސްމޫތީ

# ގާފު ރެސިޕީ

ކަރާ ސްމޫތީ

ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.

ގޮސިޔާ

މި ސެެގްމެންޓުގެ ތެރެއިން ރަމަޟާން މަހުގެ ކޮންމެ ދުވަހަކުވެސް ތަފާތު އަދި ރާއްޖެއިން ލިބޭ ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭނެ ރެސިޕީއެއް ގެނެސްދެވޭނެ އެވެ.

ރޯދަ ވީއްލާގަޑިޔަށް ކަރުހިއްކުން ފިލުވާލުމަށް މިއީ ތައްޔާރުކޮށްލަން ފަސޭހަ އަނގަޔަށް މީރު ސްމޫތީއެކެވެ. ކަރާ ސްމޫތީ އެވެ.

ކަރާ ސްމޫތީ ތައްޔާރުކޮށްލުމަށް ބޭނުންވާނެ ތަކެތި:

  1. 3 ޖޯޑު ކަރާ
  2. 1 ޖޯޑު ފްރޮޒަން ސްޓްރޯބެރީ
  3. ½ ޖޯޑު ޔޯގަޓް
  4. 1 ލުނބޯ

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ކަރާ ކުދިކޮށް ކޮށާލާށެވެ. ދެން މިކްސަރަށް ކަރާ, ސްޓްރޯބެރީ, ޔޯގަޓް އަދި ލުނބޯ ޖޫސް އަޅާލާފައި އެއްކޮށްލާށެވެ.

މިހާރު މިހިރީ މި ސްމޫތީ ތައްޔާރުކޮށް ނިމިފައިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ