ބްލޫބެރީ ލެމަން ޔޯގަޓް ކޭކް
ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.
މި ސެެގްމެންޓުގެ ތެރެއިން ރަމަޟާން މަހުގެ ކޮންމެ ދުވަހަކުވެސް ތަފާތު އަދި ރާއްޖެއިން ލިބޭ ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭނެ ރެސިޕީއެއް ގެނެސްދެވޭނެ އެވެ.
މިއަދުގެ ރެސިޕީއަކީ އަނެއްކާވެސް ސްޓްރޯބެރީ ބޭނުންކޮށްގެން ފަސޭހައިން ތައްޔާރުކޮށްލެވޭނެ ފޮނި ކާއެއްޗެކެވެ. ބްލޫބެރީ ލެމަން ޔޯގަޓް ކޭކް އެވެ.
ބްލޫބެރީ ލެމަން ޔޯގަޓް ކޭކް ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި:
- 3 ބިސް
- 1 ޖޯޑު ހަކުރު
- 2 ލުބޯ ޒެސްޓް
- ⅓ ލުބޯ ޖޫސް
- 225ގ ޕްލެއިން ޔޯގަޓް
- 115ގ ބަޓަރ (މެލްޓްކޮށްފައި)
- 1 ސައި ސަމުސާ ވެނީލާ އެސެންސް
- 2 ޖޯޑު ފުށް
- 2 ސައި ސަމުސާ ބޭކިންގ ޕައުޑަރ
- ¼ ސައި ސަމުސާ ލޮނު
- 170ގ ބްލޫބެރީ
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ބިސް އަދި ހަކުރު އެއްކޮށްލާށެވެ. އަދި އެއަށް ލުބޯ ޒެސްޓް, ލުބޯ ޖޫސް, ޔޯގަޓް, ބަޓަރ އަދި ވެނީލާ އެސެންސް އަޅާފައި އެއްކޮށްލާށެވެ. ދެން އެއަށް ފުށް, ބޭކިންގ ޕައުޑަރ އަދި ލޮނު އަޅާފައި އެއްކޮށްލާށެވެ. ދެން ބްލޫބެރީ އަޅާފައި އެއްކޮށްލާށެވެ. 180C ގައި 50-60 މިނިޓްވަންދެން އަވަނުގައި ފިހެލާށެވެ. އޭރަށް މި ކޭކު ހުންނާނީ ތައްޔާރުކުރެވިފައި އެވެ.
މިއީ ބްލޫބެރީއަށް ލޯބި ކުރާ ފަރާތްތަކަށް ކަމުދާނެ ފޮނި ކާއެއްޗެއް ކަމަށް އުންމީދުކުރަމެވެ.