ކެރަމަލް ފޮޅި
ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.
މި ސެެގްމެންޓުގެ ތެރެއިން ރަމަޟާން މަހުގެ ކޮންމެ ދުވަހަކުވެސް ތަފާތު އަދި ރާއްޖެއިން ލިބޭ ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭނެ ރެސިޕީއެއް ގެނެސްދެވޭނެ އެވެ.
މިއަދު މިގެނެސްދެނީ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ މަޝްހޫރު ފޮނި ހެދިކާ އެއްކަމުގައިވާ ކެރަމަލް ފޮޅި ހަދާނެގޮތެވެ. މިއީ ރޯދަ ވީއްލާގަޑިޔަށް ވަރަށް މަދު ތަކެތި ބޭނުންކޮށް ތައްޔާރުކޮށްލެވޭ މީރު އެއްޗެކެވެ.
ކެރަމަލް ފޮޅު ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި:
- 12 ބިސް
- 1 ދަޅު ގެރިކިރު
- ¾ (އެސެންސް ފުޅިގެ މަތީގެ) ވެނީލާ އެސެންސް
- 2-3 ތިކި ބަނާނާ އެސެންސް
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ބިސް ތަށްޓަކަށް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން އެއަށް ވެނީލާ އަދި ބަނާނާ އެސެންސް އަދި ގެރިކިރު އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ.
ތަވައެއްގައި މާޖިރިން ކޮޅެށް ހާކާލާފައި އެއްކުރި ބެޓަރއިން އެތިކޮޅެއް އަޅާފައި ރަނގަޅަށް ފަތުރާލާށެވެ. ކުޑަކޮށް ގޯލްޑަން ބްރައުން ކުލައަރަންދެން ބަހަށްޓާފައި އޮޅާލާށެވެ. މިގޮތަށް ތަކުރާރުކުރަމުން ގެންދާށެވެ.
ޓިކްޓޮކް ވީޑިއޯ ލިންކަށް މިއަށް ފިތާލައްވާ!