އޯރިއޯ ކޭކް
ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.
މި ސެެގްމެންޓުގެ ތެރެއިން ރަމަޟާން މަހުގެ ކޮންމެ ދުވަހަކުވެސް ތަފާތު އަދި ރާއްޖެއިން ލިބޭ ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭނެ ރެސިޕީއެއް ގެނެސްދެވޭނެ އެވެ.
މިއަދުގެ ރެސިޕީއަކީ އަނެއްކާވެސް ސްޓްރޯބެރީ ބޭނުންކޮށްގެން ފަސޭހައިން ތައްޔާރުކޮށްލެވޭނެ ފޮނި ކާއެއްޗެކެވެ. އޯރިއޯ ކޭކު އެވެ.
އޯރިއޯ ކޭކް ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި:
- 500 ގްރާމް އޯރިއޯ ބިސްކޯދު
- 1/2 ޖޯޑު ބަޓަރ
- 1 ޖޯޑު ވިޕިން ކްރީމް
- 250 ގްރާމް ޗީޒް
- 2 ޖޯޑު ކިރު
- 1 ޖޯޑު ހަކުރު
- 1 ޕެކެޓު ވެނީލާ ޕުޑިން މިކްސް
ތައްޔާރުކުރާނެ ގޮތް:
ބިސްކޯދުތައް ފުނޑުކުރާށެވެ. އަދި އެއް ޖޯޑު ފުނޑުކުރި އޯރިއޯ ފަހުން ބޭނުންކުރުމަށް ބަހައްޓާށެވެ.
ބަޓަރުތައް ވިރުވުމަށްފަހު އޭގެ ތެރެއަށް ބާކީހުރި އޯރިއޯ އެއްކޮށްލުމަށްފަހު ޓްރޭގެ ފޫ އެއްކޮށް ފޮރުވޭގޮތަށް ލޭޔަރތަކަށް އަތުރާށެވެ. އެއަށްފަހު ފަސް މިނެޓް ވަންދެން ފްރިޖަށްލައި ފިނިކޮށްލާށެވެ.
1/2 ޖޯޑު ވިޕްޑް ކްރީމާއި ޗީޒް އަދި ހަކުރު އެއްކުރުމަށްފަހު އޯރިއޯ ލޭޔަރުގެ މަތީގައި ހާކާށެވެ. ދެން އަނެއްކާވެސް ފްރިޖަށް ލާފައި ބަހައްޓާށެވެ.
ޕުޑިން މިކްސް ޕެކެޓުގައި އިރުޝާދު ދީފައިވާ ގޮތަށް ކިރު އަޅައިގެން ޕުޑިން މިކްސް ތައްޔާރުކުރާށެވެ. އެއަށްފަހު ފްރިޖަށްލި ކޭކް ނަގައި އޭގެ މައްޗަށް އަޅައި އެއްވަރަށް ފަތުރާލާށެވެ.
ދެން އޭގެ މަތީގައި ވިޕްޑް ކްރީމް ހާކައި މައްޗަށް އޯރިއޯކޮޅެއް އަޅާލާށެވެ. ކޭކް ކެއުމުގެކުރިން ފިނިކޮށްލާށެވެ.