
އިލެކްޝަންސް ކޮމިޝަނަށް ޒަކަރިއްޔާ އައްޔަންކުރުމަށް ކޮމިޓީން ފާސްކޮށްފި
# ރައްޔިތުންގެ މަޖިލިސް# އިލެކްޝަންސް ކޮމިޝަންހަސަން ޒަކަރިއްޔާ
އިލެކްޝަންސް ކޮމިޝަނުގެ ހުސްވެފައިވާ މެންބަރުގެ މަގާމަށް މ. މުލައް/ މުސްތަރީގެ ޙަސަން ޒަކަރިއްޔާ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

އެކޮމިޓީން މިގޮތަށް ފާސްކޮށްފައިވަނީ މިދިޔަ ހަފުތާގައި ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
އިލެކްޝަންސް ކޮމިޝަނުގެ ހުސްވެފައިވާ މަގާމަށް އެ ކޮމިޝަނުގެ މިހާރުގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޒަކަރިއްޔާ ޢައްޔަންކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވީ ފެބްރުއަރީ 18 ވަނަ ދުވަހުއެވެ.
އިލެކްޝަންސްގެ މެންބަރުގެ މަގާމު ހުސްވެފައިވަނީ އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިސްމާއީލް ޙަބީބު ޢަބްދުއްރަހީމްގެ ދައުރު މާރިޗު 13ގައި ހަމަވުމާއެކުގައެވެ.
ގުޅުންހުރި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް މަދުކުރަން މަޖިލީހުން ފާސްކޮށްފި

ޑަބްލިއުޑީސީތަކަށް ރަސްމީ މުސާރަ އާއި ރޯދަ އިނާޔަތް ދޭން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އިންޑިއާއަށް ފުރާވަޑައިގަންނަވައިފި
.jpg&w=3840&q=75)