logoEN
cocacola
ވާދަވެރި ކުޅުމަކަށްފަހު ސްކޮޑްރާ ބަލިކޮށް ސެމީގެ ފަހުޖާގަ ޔޫއެން ފްރެންޑްސް އިން ހޯދައިފި

ވާދަވެރި ކުޅުމަކަށްފަހު ސްކޮޑްރާ ބަލިކޮށް ސެމީގެ ފަހުޖާގަ ޔޫއެން ފްރެންޑްސް އިން ހޯދައިފި

ހަސަން ޝަމްއޫން

logo

3/31/2024, 1:43:50 AM

# ބީޖީ ފުޓްސަލް ޗެލެންޖު 2024

ސްކޮޑްރާއި ޔޫއެން ފްރެންޑްސް ވާދަކުރި މެޗުގެ ތެރެއިިން.. ފޮޓޯ: އިމޭޖެސް އެމްވީ

މިހާރު ކުރިއަށްދާ ބީޖީ ފުޓްސަލް ޗެލެންޖު 2024 ގެ ކުއާޓާ ފައިނަލުގެ ފަހު މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ޔޫއެން ފްރެންޑްސް އާއި ސްކޮޑްރާ ވާދަކުރި މެޗު، ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ސެމީ ފައިނަލުގެ ފަހުޖާގަ ޔޫއެން ފްރެންޑްސް އިން ހޯދައިފި އެވެ.

ގޮސިޔާ

މުބާރާތުގެ ކުއާޓާ ފައިނަލުން ސްކޮޑްރާ ޖާގަ ހޯދައިފި ދެވަނަ ބުރުގައި ބީކޭ ސްޕޯޓްސް ކުލަބާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 4-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. އަދި ޔޫއެން ފްރެންޑްސް އިން މުބާރާތްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ދެވަނަ ބުރުގެ ފަހުމެޗުގައި ޔަންގް ސްޓާސް އެސްސީ އާއި ދެކޮޅަށް ކުޅުނު މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 6-7 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

ރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފުގައިި ސްކޮޑްރާ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ދިޔައިރު، މެޗުގެ 17 ވަނަ މިނެޓުގައި ޔޫއެން ފްރެންޑްސް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ހަސަން ކިއާން ސިނާން އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޔޫއެން ފްރެންޑްސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ސްކޮޑްރާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މިހާފުގައި ޔޫއެން ފްރެންޑްސްގެ ކީޕަރު ތޮލާލު ހަސަން ގެ މޮޅު ކުޅުމާއެކު އެޓީމުން ވަނީ ސްކޮޑްރާގެ ހަމަލާތައް ހުއްޓުވުމުގައި ރޭވުންތެރިކަމާއެކު މޮޅު ޑިފެންސިވް ކުޅުމެއް ދައްކައިދީފައެވެ.

މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ޔޫއެން ފްރެންޑްސް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ޔޫއެން ފްރެންޑްސްގެ ކީޕަރު ތޮލާލު ހަސަން އެވެ.

މުބާރާތުގެ ސެމީފައިނަލްގެ ދެވަނަ މެޗުގައި އޭޕްރިލް މަހުގެ ދެވަނަ ދުވަހުގެ ރޭ 23:00 ގައި ޔޫއެން ފްރެންޑްސް ނުކުންނާނީ ރޭ ކުޅެވުނު ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި 6-1 ގެ ނަތީޖާއަކުން ފަސްތަރި ސްޕޯޓްސް ކުލަބު އަތުން މޮޅުވި އާރުޑީއެލް ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ