logoEN
cocacola
އިސްރާއީލުގެ އަސްކަރީ މައި މަރުކަޒަކަށް ހިޒްބުالله އިން ޑްރޯން ހަމަލާއެއް ދީފި

އިސްރާއީލުގެ އަސްކަރީ މައި މަރުކަޒަކަށް ހިޒްބުالله އިން ޑްރޯން ހަމަލާއެއް ދީފި

އައިޝަތު އިފާޝާ

logo

3/30/2024, 6:49:14 PM

# އިސްރާއިލް# ހިޒްބުالله

ހިޒްބުالله އިން ހަމަލާދިން ސަރަަހައްދުތައް ފާހަގަކޮށްފައި

އިސްރާއީލުގެ އަސްކަރީ މައި މަރުކަޒަކަށް ޑްރޯން ހަމަލާއެއް ދީފައިވާކަމަށް ހިޒްބުالله އިން ބުނެފިއެެވެ.

ގޮސިޔާ

ހިޒްބުالله އިން ބުނީ މި ހަމަލާތައް ދީފައިވަނީ އިސްރާއީލުގެ އުތުރުގައި އޮންނަ ޔާރާގެ އާބާދީގައި ހުންނަ އިސްރާއީލުގެ އަސްކަރީ މައި މަރުކަޒަށް ކަމަށެވެ. އަދި އެ ހަމަލާތަކުގައި އެ މަރުކަޒުގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށްވެސް ހިޒްބުالله އިން ބުނެފައިވެއެވެ.

މި ހަމަލާއަކީ ހިޒްބުالله އިން އިސްރާއީލަށް މިއަދު ދިން އަށްވަނަ ހަމަލާއެވެ. އެގޮތުން ބުރްކަން މިސައިލް ބޭނުންކޮށްގެން ދެން ހަމަލާދީފައިވަނީ އިސްރާއީލުގެ ކްފަރުޗޫބާގެ ސަރަހައްދަކަށް ކަމަށްވެސް ހިޒްބުالله އިން ބުނެފައިވެއެވެ.

އަދި އިސްރާއީލުން ހިފާފައިވާ ޝެބާ ފާމްސްގެ ރާޑަރު ސައިޓަކަށް ސީދާ ރޮކެޓާއި މިސައިލުން ހަމަލާދީފައިވާ ކަމަށާއި, އިތުރު ހަމަލާއެއްގައި އަދަމިތު ކިބްބުޓްޒްގެ އިސްރާއީލު ސިފައިން ގާއިމުވެގެން ތިބޭ ސައިޓަކަށް ހަމަލާދީ ބައެއް ސިފައިން މަރާލާފައިވާ ކަމަށްވެސްް ހިޒްބުالله އިން ބުނެފައިވެއެވެ.

މިދިޔަ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ އަސްކަރިއްޔާއިން ޣައްޒާއަށް ހަމަލާދޭން ފެށުމާއެކު ހިޒްބުالله އިން ގެންދަނީ ބޯޑަރު ހުރަސްކޮށް އިސްރާއީލަށް ހަމަލާދެމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ