
--
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ވައި ނުސާފުވެ ވައިގެ ހާލަތު ދަށްވެފައިވާތީ ޕްރިމެރީ ސްކޫލުތަކުގެ ކިޔެމުން މެދުކަނޑާލައިފި އެވެ.

ނިއުދިއްލީގެ ވައި ނުސާފު ވުމާއި ގުޅިގެން އެ ސިޓީގެ ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އިއްޔެ އިއުލާނުކޮށްފައެވެ. އެގޮތުން ޒަރޫރީ ބޭނުމެއް ނެތި އިމާރާތް ކުރުން މަނާކޮށް، ހޫނުކުރުމަށް ޓަކައި ކޯލް އެންދުން ފަދަ ކަންކަން ވަނީ މަނާކޮށްފައެވެ.
"ވައި ތަޣައްޔަރުވާ މިންވަރު އިތުރުވުމުގެ ސަބަބުން ދިއްލީގެ ހުރިހާ ޕްރައިމަރީ ސްކޫލެއް ވެސް ވަކި ގޮތެއް އަންގަންދެން އޮންލައިން ކްލާސްތަކަށް ބަދަލުވާނެ،" ނިއު ދިއްލީގެ ޗީފް މިނިސްޓަރު އާތިޝީ ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އިއުލާނު ކުރެއްވި އެވެ.
މީގެ އިތުރުން މަގުތަކުގައި ހިރަފުސް މަދުކުރުމަށްޓަކައި ނިއު ދިއްލީގެ މަގުތައް ސްޕްރޭކުރުމުގެ ޚާއްސަ މަސައްކަތެއް މިއަދު ފެށުމަށް ވަނީ ނިންމާފައި އެވެ,
އިންޑިއާގެ އުތުރުގެ ވައިގެ ކޮލިޓީ ފާއިތުވި ހަފުތާގައި ދަށަށް ގޮސްފައިވާއިރު، އިންޑިއާގެ ވެރިރަށް ނިއު ދިއްލީއާ ގާތްގަނޑަކަށް 220 ކިލޯމީޓަރު ދުރުގައި ހުންނަ ތާޖް މަހަލްއަށްވެސް ތަގައްޔަރު ވައިގެ އަސަރު ވަނީ ކޮށްފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ނިއު ދިއްލީގެ ފްލައިޓްތައް ވެސް ޑިލޭވި އިރު، ޓްރެކިން ވެބްސައިޓް ފްލައިޓްރާޑާ24 އިން ދައްކާ ގޮތުގައި ބުރާސްފަތި ދުވަހުގެ މެންދުރުގެ ނިޔަލަށް 88 ޕަސެންޓް ފްލައިޓްވަނީ ޑިލޭތަކާއި ކުރިމަތިލާން ޖެހިފައި އެވެ.
ގުޅުންހުރި

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގ އަވަހާރަވެއްޖެ

ވައި ތަޣައްޔަރުވާ މިންވަރު އިތުރުވެ، ދިއްލީގެ ސްކޫލްތައް ބަންދުކޮށް އިމާރާތްކުރުން މަނާކޮށްފި

އިންޑިއާގެ ހޮސްޕިޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ތުއްތު 10 ކުދިން މަރުވެއްޖެ
