
އިސްރާއީލު މީހަކަށް ހަތިޔާރު ފޯރުކޮށްދިން މައްސަލައިގައި 3 މީހަކު މެލޭޝިއާއިން ހައްޔަރުކޮށްފި
# މެލޭޝިޔާ# އިސްރާއިލް.
އިސްރާއީލު މީހަކަށް ހަތިޔާރު ފޯރުކޮށްދިން މައްސަލައިގައި 3 މީހަކު މެލޭޝިއާއިން ހައްޔަރުކޮށްފި އެވެ.

މެލޭޝިއާއިން މީހެ ކުރިން ވަނީ, ހަ ހޭންޑް ގަންއާއި, 200 ބުލެޓް ހިމެނޭ ކޮތަޅަކާއެކު މީހަކު ހައްޔަރުކޮށްފައެވެ. އަދި އެމީހާ އަކީ ފްރާންސްގެ ވަގު ޕާސްޕޯޓެއް ބޭނުންކޮށްގެން އޫއޭއީ އިން ކުއާލަލަމްޕޫރު އިންޓަރނޭޝަނަލް އެއާޕޯޓަށް މިމަހުގެ 12 ވަނަ ދުވަހު އައިސްފައިވާ މީހެކެވެ.
އަދި އޭނާއަކީ އިސްރާއީލު މީހެއް ކަމަށާއި, މެލޭޝިއާއަށް އޭނާ އެތެރެވެފައިވަނީ ޖާސޫސް ކުރުމުގެ ބޭނުމުގައި ކަމަށްވެސް މެލޭޝިއާގެ ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.
އަދި އެމީހާ އަތުން ފުލުހުން އަތުލައިގަތް ހަތިޔާރާ ގުޅޭ ތަހުގީގުގައި ލިބުނު މައުލޫމާތުތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މެލޭޝިއާއަށް ނިސްބަތްވާ ތިން މީހެކެވެ.
އެގައުމުގެ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް ރަޒާރުދީން ހުސައިން އާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި, ކައިވެނިކޮށްގެން އުޅޭ ދެމަފިރިއަކު ހިމެނޭ ގޮތަށް މެލޭޝިއާގެ ތިން މީހަކު ހުކުރު ދުވަހު ހައްޔަރުކޮށްފައިވާ ކަމަށާއި، އެމީހުންގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަމަށެވެ.
އަދި މިމައްސަލައިގައި ހައްޔަރުކުރި ދެމަފިރިންގެ ކާރުގެ ތެރެއިން ފިސްތޯލައެއް ފެނިފައިވާ ކަމަށްވެސް ރަޒާރުދީންއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ އިސްރާއީލުގެ މީހާ ވަނީ އޭނާ މެލޭޝިއާއަށް އެތެރެވީ އޭނާ އައީ އާއިލީ މައްސަލައެއްގެ ސަބަބުން އިސްރާއީލުގެ އެހެން ރައްޔިތަކު ހޯދުމުގެ ގޮތުން ކަމަށް ބުނެފައެވެ.
އިޒްރޭލުގެ ޕާސްޕޯޓް ހިފައިގެން ހުރި އުމުރުން 36 އަހަރުގެ ފިރިހެނަކަށް ހަތިޔާރު ސަޕްލައި ކުރި ކަމުގެ ތުހުމަތުގައި ތިން މީހަކު މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ގުޅުންހުރި

އަމިއްލައަށް ވަޅުލި ލޭންޑް މައިނަކަށް އެރި ޔަހޫދީ ސިފައިންގެ މީހަކު ވަރަށް ބޮޑަށް އަނިޔާވެއްޖެ

ޔަމަނުން އިޒްރޭލަށް ވައިގެ ހަމަލާއެއް ފޮނުވާލައިފި

ޔަހޫދީ ސިފައިންގެ ބަޑީގެ ހަމަލާތަކެއްގައި ޣައްޒާގެ ތިން މީހަކު ޝަހީދުވެއްޖެ
